ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމުގެ މިނިވަންކަންވަނީ މޯގޭޖްކޮށްފަ: ޑރ.ޝަހީދު

ޑރ.އަޙްމަދު ޝަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމުގެ މިނިވަންކަންވަނީ މޯގޭޖްކޮށްފައިކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ޤާނޫނުއަސާސީއަށް 12 ފުރުމާއި ގުޅިގެން ހުކުރުދުވަހުގެރޭ ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ޤާނޫނުއަސާސީއަށް 12 އަހަރު ފުރޭ ހިނދު ނިޒާމުގެ ހިޔާވަހިކަން ނުލިބޭ އެތަކެއް ރައްޔިތުންނެއް ތިބިކަން ހަނދާންކޮށްލަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޑރ.ޝަހީދު ވަނީ ޖިންސީ ގޯނާކުރާ ބޮޑުންނަށް ފިޔަވަޅު ނޭޅޭކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި ޤައުމުގެ މިނިވަންކަން މިވަނީ މޯގޭޖްކޮށްފައިކަމަށާއި މިހާރު މި އޮތް ޤާނޫނުއަސާސީއަކީ ބޮޑުންގެ ޤާނޫނުއަސާސީއެއްބާއޭ ވިދާޅުވެ ޑރ.ޝަހީދު ވަނީ ސުވާލުކުރައްވާފައެވެ.

ޑރ.ޝަހީދު މި ވާހަކަތައް ދައްކަވާފައިވާއިރު ޤާނޫނުއަަސާސީއަށް 12 އަހަރު ފުރިފައިވާ ހިނދު ގިނަ  ބަޔަކު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާފައެވެ.

މި ގޮތުން ‏ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސެއިން ވަނީ ޤާނޫނުއަސާސީއަށް 12 އަހަރު ފުރޭއިރު ވެސް ދިވެހި ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންނާއި އެކައުންޓެންޓުންނާއި އޭގެ އިތުރުން ޕައިލެޓުންނަށާއި އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ އެހެނިހެން ޤައުމުތަކުގެ މީހުންނާއި އެއްގޮތަށް ހައުސިން އަދި ފުޑް އެލަވަންސް ދިނުމުގައި އޮތް ތަފާތުކުރުން ހައްލެއްނުވާކަމަށް ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: