ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން ދަތުރުކޮށް ހޯމް ކަރަންޓީނަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ މީހުނަށް އެކަނި!

މާލެއިން ދަތުރުކޮށް ހޯމް ކަރަންޓީނަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ މީހުނަށް އެކަނިކަންހާމަކުރުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެން މާލެއިން ފުރައިގެން ގޮސް ރަށުގައި ހޯމް ކަރަންޓީނު ވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް ކަމަށާއި، ރަށަށް ދާން ޓިކެޓު ނަގަންވާނީ އެ މީހަށް ލިބެންޖެހޭ ހުއްދަ ލިބުމަށްފަހު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ

މާލޭގައި ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމާއި އެކު، ރަށްތަކަށް މާލެއިން ދަތުރު ކުރެވޭ އުސޫލުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ލޮކްޑައުންގެ ލުއިތަކާއި އެކު މާލެއަށް އެއްވެސް ހުރަހެއް ނެތި އާދެވޭ ގޮތަށް އޮތް އޮތުން ވެސް މިހާރު ވަނީ ބަދަލުކޮށްފައެވެ.

މާލެއާއި ކައިރި ރަށްތަކަށް ވެސް ބައެއް މީހުން ދަތުރު ކުރަމުންދާއިރު، މި މުއްދަތުގެ ތެރޭގައި ބޭސްފަރުވާއާއި އަދި އެ ނޫންވެސް ޒަރޫރީ ބޭނުންތަކަށް ވަނީ މާލެ އައިސްފައެވެ. ކޮވިޑުގެ ސަބަބުން ބައެއް މީހުންނަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން ކުއްލި ނުދެއްކިގެން ރަށަށް ބަދަލުވީއިރު، ބައެއް މީހުންގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އޭގެ ތެރެއިން ވެސް ގިނަ ބަޔަކު ރަށަށް ބަދަލުވެފައިވެއެވެ.

ޒަރޫރީ ބޭނުމެއްގައި ނޫން އިތުރު ގޮތަކަށް މާލެއިން ރަށްތަކަށް ނުދެވޭނެކަން އެންމެ ފުރަތަމަ ހާމަކުރީ މާލޭގައި ވަކި ގަޑިތަކެއްގައި ބޭރަށް ނިކުމެ ނޫޅެވޭނެކަމާއި އަދި ވިޔަފާރި ގަޑިތައް މަދު ކުރުން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރަށްތަކަށް ދެވޭނެ އުސޫލުތައް މީޑިއާތަކާއި ހިއްސާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ބުނެފައިވަނީ ކުރިޔަށް އޮތްތަނުގައި މާލެއިން ރަށްރަށަށް ދެވޭނީ ކޮންމެހެން ދާންޖެހޭ މީހުންނަށް އެކަނި ކަމަށެވެ. މިއީ ބަލި ފެތުރުން ހުއްޓުވާ، ރާއްޖޭގެ ރަށްތަކާއި ހަމައަށް ބަލި ދިޔަނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރަށަށް ހޯމް ކަރަންޓީނަށް ދެވޭނީ ހާލު ބެލުން ޕޯޓަލްގައި ރެޖިސްޓްރވުމަށްފަހު އެ ޕޯޓަލްގައި ހޯމް ކަރަންޓީނުވުމަށް އެދޭބައި ފުރިހަމަ ކުރުމުން ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ހޯމް ކަރަންޓީނަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށް އެކަނިކަމަށް އާ އުސޫލުގައިވެއެވެ.

މީގެ ތެރޭގައި ޖިމެނެނީ މެޑިކަލް އިމަޖެންސީއެއްގައި މާލެ ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމަށްފަހު ރަށަށް ނުދެވި ތިބި މީހުންނާއި، މާލީ ހާލަތުގެ ސަބަބުން ގެ ދޫކޮށްލަން ޖެހުނު މހުން، އަދި ރަސްމީ ބޭނުމަށް ނުވަތަ އޮފިޝަލް މަސައްކަތެއްގައި މާލެ އައި މީހުން އަދި ވަޒީފާ ގެއްލިގެން ރަށަށް ދާން ޖެހުމެވެ.

އެހެންކަމުން ހޯމް ކަރަންޓީނަށް ދެވޭނީ މި ޝަރުތުތަކުގެ ތެރެއިން ޝަރުތުތައް ހަމަވާ މީހުންނަށްކަން އުސޫލުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމާއި ގުޅޭ ލިޔެކިޔުންތައް ވެސް ހުށަހަޅަންޖެހޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އުސޫލުގައި ވާގޮތުން ހޯމް ކަރަންޓީނުވާ ތަނުގެ އުސޫލުތައް ފުރިހަމަވާން ޖެހޭނެއެވެ. އެއަށްފަހު ކައުންސިލްތަކުން “ފާސް ޕޯޓަލް“ މެދުވެރިކޮށް އެޕްރޫވްކުރުމުން ހޯމް ކަރަންޓީންވުމަށް އެދިފަވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް އެޗްޕީއޭގެ ފަރާތުން ބަލައި ވެރިފައިކުރުމަށްފަހު އެމީހަކު ދަތުރުކުމަށް އެދިފައިވާ ތާރީހަށް ކަރަންޓީނު ލިޔުން އަދި ބިލްޑިން މޮނިޓަރިން ނޯޓިސް ހާލުބެލުން ޕޯޓަލްގައި އަޕްލޯޑް ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: