ކަމެއް ކުރިއަށްނުދާކަމަށް ބުނެ ބަޔަކު ވާހަކަދެއްކިޔަސް އެއީ ޙަޤީޤަތެއްނޫންކަން ސާފުކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަޙުލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓުގައި މަޙުލޫފް ވިދާޅުވީ ކަމެއް ކުރިއަށްނުދާކަމަށް ބުނެ ބަޔަކު ވާހަކަދެއްކިޔަސް މިހާރު ވެސް ކިތަންމެ ކަމެއް އެބަ ކުރިއަށްދާ ކަމަށެވެ. އަދި ކޮވިޑްގެ އަސަރު ދުނިޔެއަށް ކުރިމަތިވެ އިޤުތިޞާދީ މި ތަދު ވަގުތުގައި ވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެކި ދާއިރާތަކުން ހިނގަމުންދާކަމަށް މަޙުލޫފް ވިދާޅުވިއެވެ.
މި ގޮތުން އެމްޓީސީސީގެ ބަނދަރު ހެދުމުގެ މަޝްރޫޢުއަށް އަލިއަޅުއްވައިލައްވަމުން މަޙުލޫފް ވަނީ ރާއްޖޭގެ ރަށްރަށުގައި 32 ބަނދަރެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ނަރުދަމާގެ 24 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް މަޙުލޫފް ވިދާޅުވިއެވެ.
އެހެންކަމުން ކަމެއް ކުރިއަށްނުދާކަމަށް ބުނެ ބަޔަކު ވާހަކަދެއްކިޔަސް އެއީ ޙަޤީޤަތެއްނޫންކަން ސާފުވާކަމަށް ވެސް މަޙުލޫފް ވަނީ ވިދާޅުވެފައެވެ.
https://twitter.com/AhmedMahloof/status/1292053660831109122?s=19

