ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވައިލިފަހުން ރާއްޖެއައީ 6277 މީހުން

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި 15 ގައި ބޯޑަރު ހުޅުވައިލިފަހުން މިހާތަނަށް 6277 މީހުން ރާއްޖެއަށް އައިސްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ހޮނިހިރުދުވަހުގެރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވަނީ ބޯޑަރު ހުޅުވައިލިފަހުން މިއަދާ ހަމައަށް ޖުމްލަ 6277 މީހުން ރާއްޖެއަށް އައިސްފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ މި މަހުގެ 08 ވަނަ ދުވަހު އެކަނި ވެސް 342 މީހުން އައިސްފައިވާކަމަށެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ގައިން ކޮވިޑްގެ ޢަލާމާތެއް ފެންނަންނެތް ކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި ހަމަ މި މަހު 08 ވަނަ ދުވަހު 350 މީހުން ރާއްޖެއިން ފުރައިގެން އެނބުރި ޤައުމަށް ގޮސްފައިވާކަމަށެވެ.

ހަމައެއާއެކު މިހާތަނަށް ޖުމްލަ 4877 މީހުން އެނބުރި ޤައުމަށް ގޮސްފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާއި ފަތުރުވެރިން ދަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: