ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސާމިޔާ!

ހެލްތް މިނިސްޓްރީގެ ޕާމެނަންޓް ސެކޭޓްރީގެ މަގާމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ ޑީރެކްޓާރ ޖެނެރަލްގެ މަގާމުގައި ހުރި އައިޝަތު ސާމިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް މިނިސްޓްރީގެ ހުސްވެފައިވާ ޕާމެނަންޓް ސެކޭޓްރީގެ މަގާމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ ޑީރެކްޓާރ ޖެނެރަލްގެ މަގާމުގައި ހުރި އައިޝަތު ސާމިއާ އައްޔަންކޮށްފިއެވެ.

ސާމިޔާ އެ މަގާމަށް އައްޔަންކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އަދި މިނިސްޓްރީގެ ސިވިލް ސާވަންޓުގެ ކަންކަން ބަލަހައްޓާ އެންމެ މަތީ އިސްވެރިއަކަށް ސާމިޔާ އައްޔަންކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުރި ހަދީޖާ އަބްދުއްސަމަދުގެ ދައުރު ހަމަވާން ފަސް ދުވަހަށް ވެފައިވަނިކޮށް މަގާމުން ވަކި ކުރުމުންނެވެ. ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ހަދީޖާ އެ މަގާމުން ވަކި ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ.  

މި މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ސާމިއާގެ އިތުރުން، މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާރ ޖެނެރަލް ތަސްލީމާ އުސްމާން ކުރިމަތިލިއެވެ. އަދި އެންމެ މަތީން މާކްސް ލިބިވަޑައިގެންފައިވަނީ ވެސް ތަސްލީމާއަށެވެ. ތަސްލީމާއަށް 89.98 އިންސައްތަ މާސް ލިބުނުއިރު، ސާމިއާއަށް ލިބިފައިވަނީ 73.9 އިންސައްތަ މާކްސްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: