ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފި

ހުޅުދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދަނީ. ފޮޓޯ. އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މީޑިއާތަކާއި މަޢުލޫމާތުދެމުން އެމްޓީސީސީން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައި މޮބިލައިޒް ކުރެވިފައިވާ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 88،623 (އައްޑިހަ އަށްހާސް ހަސަތޭކަ ތޭވިސް) ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށާއި 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

ހުޅުދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެތެރެއިން. ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށާއި 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 09 މީޓަރު ދިގު  04 މީޓަރު ފުޅާ ބްރިޖެއް އެޅުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އޭގެ އިތުރުން 2،250 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށާއި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީން ހާމަކުރެއެވެ.

އެމްޓީސީސީން އަންދާޒާކުރާގޮތުގައި މި ބިޔަ މަޝްރޫޢު ނިމޭއިރު  61.4 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ހުޅުދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެތެރެއިން. ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކުރަމުންދާއިރު އެ ކުންފުނިން ދަނީ ބަނދަރު ތަރައްޤީކުރުމާއި މަގުހެދުމުގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުންނެވެ.

މި ގޮތުން  ރ. އުނގޫފާރު މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ހޮޅިވަޅުލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

https://twitter.com/MTCCPlc/status/1292354782707904515?s=19

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: