ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ %71 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހެނބަދޫ ބަނދަރު ތަރައްޤީކުރުމުގެތެރެއިން. ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 71 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި ކަން ހާމަކޮށް އެމްޓީސީސީން ބުނީ ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތުގެ 78 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އޭގެ އިތުރުން އެއްގަމުތޮށިލުމުގެ މަސައްކަތުގެ 64 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން 44،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

https://twitter.com/MTCCPlc/status/1292745194261975042?s=19

މީގެ އިތުރުން 259 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށާއި 173 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ހަމައެއާއެކު 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށާއި 25 މީޓަރުގެ ސަރަހައްްދެއްގައި ނިއު ގްރޯންސް އެޅުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީީން ހާމަކުރެއެވެ.  އަދި  11015 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. 

އެމްޓީސީސީން ހާމަކުރާގޮތުގައި ހުސްވި އަހަރުގެ ސެޕްޓެމްބަރު 12 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުއަށް 26.6 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ނ.ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު އެމްޓީސީސީން ވަނީ ހދ. ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ 30 އިންސައްތަ މަސައްކަތް ވެސް ނިންމައިލާފައެވެ. އަދި ހަމައެއާއެކު އެ ރަށު ބަނދަރު ފުން ކުރުމުގެ 45 އިންސައްތަ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ.

ހެނބަދޫ ބަނދަރު ފަދައިން ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 10،294 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމަށާއި 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވެސް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

https://twitter.com/MTCCPlc/status/1292342896390074369?s=19

ހަމައެއާއެކު 224 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށާއި ގްރޯންސް ޖެހުމުގެ މަސައްކަތާއި 2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށާއި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: