ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޓީވީ އަށް އެޕްލައިކޮށްގެން ހިލޭ ޖޮއިބޮކްސް އަދި 2 މަހުގެ މަހުފީ މުޅިން ހިލޭ!

ދިރާގު ޓީވީ އަށް އެޕްލައިކޮށްގެން ހިލޭ ޖޮއިބޮކްސް އަދި 2 މަހުގެ މަހުފީ މުޅިން ހިލޭ!
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ދިރާގުން ތައާރަފުކޮށްފިއެވެ.

ޕްރޮމޯޝަން ތައާރަފްކޮށް މީޑިއާތަކާއި މައުލޫމާތުތައް ހިއްސާކުރަމުން ދިރާގުއިން ބުނެފައިވަނީ،  ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، 2 މަހުގެ މަހުފީ އަދި ޖޯއިބޮކްސްވެސް (ޑީކޯޑަރ) ހިލޭ ލިބިގެންދާނެ ކަމަށެވެ.

އޮގަސްޓު މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ހާއްސަ ޕްރޮމޯޝަން ތައާރަފުކޮށްފައި ވަނީ ދިރާގު ޓީވީއަށް ދާދިފަހުން ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު އެއް ނެޓްވޯކް ކަމަށްވާ ”ސްޓަރ“ ނެޓްވޯކްގެ ޗެނަލްތައް އައިސްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ. އެހެންކަމުން މި ދަނޑިވަޅަކީ ސްޓަރ ނެޓްވޯކްގެ ބެލުންތެރިނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ހޯދުމަށް ލިބިގެންދާ ފުރުސަތަކަށް ވެގެންދާނެކަމަށް ދިރާގުއިން ވަނީ ބުނެފައެވެ.

ސްޓަރ ނެޓްވޯކުން ވަނީ ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުންދިޔަ ހުރިހާ ޑްރާމާ ސިލްސިލާތައް ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު އަލުން އަނބުރާ ދައްކަންފަށާފައިއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި  ދިރާގުން ވަނީ ރާއްޖޭގެ %73  ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި  53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: