ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާޑުގެ ބާވަތަކަށް ގެއްލުމެއްނުވޭ!،ދޮގު ޚަބަރު ފެތުރުން ހުއްޓުވަންޖެހޭ! : ޢަމްރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު. ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިއްސާރައިގެ ސަބަބުން ކާޑުގެ އެއްވެސް ބާވަތަކަށް އެއްވެސް ގެއްްލުމެއްނުވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

ޢަމްރު މިހެން ވިދާޅުވީ ޗެނަލް 13 ގެ ޕްރޮގުރާމެއްގައި ދެކެވުނު ވާހަކައަކާއި ގުޅިގެން އެ ޕްރޮގްރާމުގެ ވީޑިއޯކޮޅަކާއެކު ހިއްސާކުރެއްވި ޓްވީޓެއްގައެވެ.

އެ ޕްރޮގްރާމުގައި ވަނީ ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެސްޓީއޯގެ ފުށް ގުދަނަށް ފެންވަދެ ފެންބޮޑުވެފައިވާކަމަށް ބުނެފައެވެ.

ޗެނަލް 13 ގެ ޕްރޮގުރާމުގައި ދެއްކި މި ވާހަކައަށް ރައްދު ދެއްވަމުން ޢަމްރު ވިދާޅުވީ ފުށް ގުދަނަކަށް ފެނެއް ނުވަންނަ ކަމަށާއި ވިއްސާރައިގެ ސަބަބުން ކާޑުގެ އެއްވެސް ބާވަތަކަށް އެއްވެސް ގެއްްލުމެއްނުވާކަމަށެވެ.

މީގެ އިތުރުން ޢަމްރު ވަނީ ދޮގު ޚަބަރު ފަތުރާތީ ކުރިން ވެސް ނަސޭހަތްދެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މި ކަމާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނަށް ޓެގް ކުރައްވައި ޢަމްރު ވަނީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ޒާތުގެ ޚަބަރުތައް ފެތުރުން ހުއްޓުވެންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ޗެނަލް 13 އިން މި ގޮތަށް ވާހަކަދައްކާފައިވާއިރު ބްރޯޑްކޮމްއިން މީގެ ކުރިން ވަނީ އެފަދަ ބައެއް މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: