ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު 116 މީހުން ޕޮޒިޓިވްވެއްޖެ

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު  116 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19 އަށް އިތުރު 116 މީހުން ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ގޮތުން އެ އެޖެންސީން މިރޭ ކުރި ޓްވީޓްގައި ވަނީ 77 ދިވެހިންނާއި ބަންގްލަދޭޝްގެ 27 މީހުންނާއި  އިންޑިއާގެ 5 މީހުންނާއި ލަންކާގެ 6 ނޭޕާލްގެ މީހަކު ޕޮޒިޓިވްވެފައިވާކަމަށް ބުނެފައެވެ.

މި މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 111 މީހުންނާއި އެހެނިހެން ރަށްރަށުން ޕޮޒިޓިވްވި  05 މީހުންކަމަށް ވެސް ޓްވީޓުގައި ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ރިޕޯޓުކުރިގޮތުގައި ބަލިޖެހުނު މީހުންގެތެރެއިން އިތުރު 31 މީހުންވަނީ ރަނގަޅުވެފައެވެ.

މީގެ އިތުރުން މިހާރު ފަރުވާދެމުން އަންނަނީ 2303 މީހަކަށްކަމަށާއި އޭގެތެރެއިން 145 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް ޓްވީޓުގައި ބުނެފައިވެއެވެ. 

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 5157 އަށް އިތުރުވެފައެވެ. އަދި ބަލިން ރަނގަޅުވީ މީހުންގެ އަދަދު 2835 އަށް އަރާއިރު މިހާތަނަށް 19 މީހަކު ވަނީ ނިޔާވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: