ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައޖީއެމްއެޗުގެ 2 ލެބް ޓެކްނީޝަނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގެ ދެ ލެބް ޓެކްނީޝަނުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހޯމަދުވަހުގެރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

މި ގޮތުން ހޯމަދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ އައިޖީއެމްއެޗުގެ ލެބޯޓްރީގައި މަސައްކަތްކުރާ 02 ޓެކްނީޝަނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މި ކޭސްތަކާއި ގުޅިގެން ޑރ.އަފްޒަލް އިތުރަށް ވިދާޅުވީ އެހެނިހެން ކޭސްތަކެކޭ އެއްފަދައިން އައިޖީއެމްއެޗުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

މި ގޮތުން އައިޖީއެމްއެޗުން ޕޮޒިޓިވްވި 02 ޓެކްނީޝަނުންނާއެކު އެ ހޮސްޕިޓަލުގެ ލެބޯޓްރީން ވަނީ ޖުމްލަ ތިން މުވައްޒަފަކު ޕޮޒިޓިވްވެފައެވެ.

އައިޖީއެމްއެޗުން މި ކޭސްތައް ފެންމަތިވެފައިވާއިރު ކޭސްތަކާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ޔަޤީންކުރުމުގެ މަސައްކަތްކުރައްވަމުންދާކަމަށް ޑރ.އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 116 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 5157 އަށް އިތުރުވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: