ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ އައިސް ޕްލާންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ.ތިނަދޫ އައިސްޕްލާންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ޢާންމުކުރި ޕްރެސް ރިލީޒްގައި ބުނީ ގދ.ތިނަދޫ އައިސްޕްލާންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް މި މަހުގެ 04 ވަނަ ދުވަހު ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 1859.01 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި 9245 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި 161 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީގެ ޕްރެސް ރިލީޒްގައި ބުނެފައިވެއެވެ.

އޭގެ އިތުރުން 10 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށާއި ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުނެފައިވެއެވެ.

އެމްޓީސީސީން ހާމަކުރިގޮތުގައި ޕްލޭނިންގް މިނިސްޓްރީއާއެކު މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ހުސްވި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ މާޗުމަހުގެ 04 ވަނަ ދުވަހުކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ވަނީ މި މަޝްރޫޢުއަށް 21.04 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: