ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: 20 ވަނަ މީހާ ނިޔާވެއްޖެ

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ މި ކަން ކަށަވަރުކޮށްދެއްވާފައެވެ. މި ގޮތުން އެޗްޕީއޭއިން ބުނީ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެތެރެއިން އިތުރު މީހަކު މިއަދު މެންދުރު 12:12 ގައި އައިޖީއެމްއެޗްގައި ނިޔާވެފައިވާކަމަށެވެ. ނިޔާވެފައި ވަނީ ޢުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާއަކީމި މަހުގެ 10 ވަނަ ދުވަހު ހޮސްޕިޓަލަށް ގެނެވުނު މީހެއްކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މި ދިވެހި މީހާއާއެކު ކޮވިޑް ބަލީގައި މިހާތަނަށް 20 މީހުންވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 5157 އަށް އިތުރުވެފައެވެ. އަދި ބަލިން ރަނގަޅުވީ މީހުންގެ އަދަދަކީ 2835 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: