ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ހިތްވަރާއެކު ކޮމަންޑޫ ރައްޔިތުންގެ ހުވަފެން ޙަޤީޤަތަކަށްވަނީ

ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ކޮމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ
ޕްލޭނިންގް މިނިސްޓްރީން  އެމްޓީސީސީއާއި 29.41   މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ ހުސްވި އަހަރުގެ ޑިސެމްބަރުމަހުގެ 08 ވަނަ ދުވަހުގައެވެ.

މި މަޝްރޫޢާ ބެހޭ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ މަޝްރޫޢުގެ 73 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތްތަކުގެތެރެއިން އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާކަމަށް މިހާރު ކުރިއަށް ދަނީ އެއްގަމުތޮށީގެ ކެޕިންގ ބީމް ހެދުމުގެ މަސައްކަތްކަމަށް ވެސް އެމްޓީސީސީން ހާމަކުރެއެވެ. 

އެމްޓީސީސީން ހާމަކުރިގޮތުގައި ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން 35،348 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އޭގެ އިތުރުން 14،731  ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށާއި 12 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވާކަމަށް ވެސް ހާމަކުރެއެވެ.

ހަމައެއާއެކު މަޝްރޫޢުގެ މަސައްކަތްތަކުގެތެރޭގައި 20 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.  މީގެ އިތުރުން  1,991 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރުބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ އިތުރުން ވެސް އެމްޓީސީސީން އަންނަނީ ތަފާތު ބޮޑެތި މަޝްރޫޢުތައް ހިންގަމުންނެވެ. މި ގޮތުން ބަލާއިރު އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި އޭގެ އިތުރުން ރ. އުނގޫފާރު މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ހޮޅިވަޅުލުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ފަށާފައެވެ. ހަމައެއާއެކު ނ.ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 71 އިންސައްތަ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައެވެ. ހދ.ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ 30 އިންސައްތަ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ. އަދި އެމްޓީސީސީން މިއަދު ޢާންމުކުރި ޕްރެސް ރިލީޒްގައި ބުނެފައިވާ ގޮތުން ގދ.ތިނަދޫ އައިސްޕްލާންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް މި މަހުގެ 04 ވަނަ ދުވަހު ވަނީ ނިމިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: