ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއައިސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް ޞާލިޙް މަޖިލީހަށް ފޮނުއްވަވައިފި

ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން( އެންއައިސީ) ގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެންއައިސީގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި މަޤާމުތަކަށް ކުރިމަތިލެއްވުުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލީ ހުސްވި ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.

މި ފުރުސަތު ހުޅުވައިލީ އެންއައިސީގެ ނައިބު ރައީސް ހައްސާން ޙަމީދުގެ އިތުރު ކޮމިޝަނުގެ މެމްބަރު އަހްމަދު އަމީން އާއި މެންބަރު ޚަދީޖާ ޢަބްދުﷲ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އެ ތިން ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ އެ ތިން ބޭފުޅުން ހިމެނޭގޮތަށް، ކޮމިޝަނުގެ 04 މެންބަރުން ވަކިކުރުމަށް ރައީސް ޞާލިޙަށް ލަފާ ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އެންއައިސީގެ ނައިބު ރައީސް ހައްސާން ޙަމީދުގެ އިތުރު ކޮމިޝަނުގެ މެމްބަރު އަހްމަދު އަމީން އާއި މެންބަރު ޚަދީޖާ ޢަބްދުﷲ ގެ އިތުރުން މަޤާމުން މަގާމުން ވަކިކުރަން ނިންމި އަނެއް މެންބަރަކީ އެންއައިސީގެ ރައީސް އަޙްމަދު ސުލައިމާނެވެ.

މި 04 މެންބަރުންނަކީ ރައީސް ޔާމިނުގެ ދައުރުގައި އެންއައިސީއަށް އައްޔަންކޮށްފައި ތިބި މެންބަރުންނެވެ. މި 04 މެންބަރުންގެ އިތުރުން އެންއައިސީގައި ހުންނަވާނީ ރައީސް ޞާލިޙް ޢައްޔަންކުރެއްވި، ކާނަލް ރިޓަޔާޑް އަޙްމަދު ޖިހާދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: