ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: މިއަދު 66 މީހުން ޕޮޒިޓިވް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު  66 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި  66 މީހުންނަކީ ހޯމަދުވަހުގެ 18:00 އިން އަންގާރަދުވަހުގެ 18:00 އާއި ދެމެދު ޕޮޒިޓިވްވެފައިވާ މީހުންކަމަށެވެ

މި ގޮތުން އެ އެޖެންސީން ހާމަކުރިގޮތުގައި ޕޮޒިޓިވްވެފައިވަނީ 52 ދިވެހިންނާއި ބަންގްލަދޭޝްގެ 12 މީހުންގެ އިތުރުން އިންޑިއާގެ 2 މީހުންނެވެ. އަދި މި އެންމެންނަކީ ވެސް މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންކަމަށް ވެސް ޓްވީޓުގައި ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި ބަލިޖެހުނު މީހުންގެތެރެއިން އިތުރު 14 މީހުންވަނީ ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާދެމުން އަންނަނީ 2354 މީހުންނަށްކަމަށާއި އޭގެތެރެއިން 148 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް ޓްވީޓުގައި ބުނެފައިވެއެވެ. 

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 5223 އަށް އިތުރުވެފައިވާއިރު ޝިފާ ލިބިފައިވަނީ ޖުމްލަ 2849 މީހަކަށެވެ. އޭގެ އިތުރުން މިހާތަނަށް 20 މީހަކު ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: