ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އުޅެނީ މަކަރާއި ހީލަތުން ރައީސް ޔާމީންގެ ގެކޮޅާއި މުދާ ނެގުމަށް: އިދިކޮޅު ކޯލިޝަން

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ހުކުމެއް އައިސްފައިވަނީ ރައީސް ޔާމީނަށް އެކަނި
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ގެޒެޓްކުރި ޤަވައިދަކީ ރައީސް އަބްދުﷲ ޔާމީން  ގެކޮޅާއި މުދާ ދަޢުލަތަށް ނެގުމަށްޓަކައި ރާވާފައިވާ މަކަރުވެރި ހީލަތްތެރި ރޭވުމެއްކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

މި ތުހުމަތުތައްކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންގާރަދުވަހުގެރޭ ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމިނު ޢަބްދުލްޤައްޔޫމްގެ ގެކޮޅާއި މުދާ ދަޢުލަތަށް ނެގުމަށްޓަކައި މި ސަރުކާރުން ރާވައިގެން ކުރަމުންދާ އެކިއެކި މަސައްކަތްތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ. މި ގޮތުން މި މަހުގެ 10 ގައި އެމްއެމްއޭއިން ގެޒެޓްކުރި ޤަވައިދަކީ އެ މަޤުޞަދު ހާސިލުކުރުމަށް ސަރުކާރުން ރާވާފައިވާ މަކަރުވެރި ހީލަތްތެރި ރޭވުމެއްކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބަޔާނުގައި ވަނީ މީހުންގެ މުދާ މިފަދަ ގޮތަކަށް ސަރުކާރަށް ނެގުމަކީ ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށް ހިންގާ ނާތަހުޒީބު ޢަމަލެއްކަމަށް ބުނެފައެވެ. އަދި މި ކަމަކީ ރައީސް ޞާލިޙުގެ ސަރުކާރު ބަލިކަށިވެ ތާއީދު ކުޑަވަމުން އަންނަ މި ދަނޑިވަޅުގައި ރައީސް ޔާމިނުގެ އިތުރުން ކޯލިޝަންގެ އެކި ފަރާތްތަކާއި މި ސަރުކާރާއި ދެކޮޅަށް ފާޑުކިޔާ ފަރާތްތަކަށް އަމާޒުކުރަން ބޭނުންކުރާނެ ހަތިޔާރެއްކަމަށް ވެސް ވަނީ ބުނެފައެވެ.

މި ގޮތުން ސަރުކާރު ފެއިލްވެ ގޮތް ހުސްވަމުންދާއިރު ހިންގާ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތަކަކީ ކުރިއަށް އޮތްތަނުގައި އެ ފަރާތްތަކަށް ވެސް ކުރިމަތިލާންޖެހޭނެ ކަމެއްކަން ހަނދާންކޮށްދޭކަމަށް އިދިކޮޅުން ބުނެއެވެ. ހަމަ އެއާއެކު ރައީސް ޔާމިނަށް ނުޙައްޤުން އަނިޔާދޭކަން ފާހަގަކޮށް އިދިކޮޅުން ވަނީ އެ އަނިޔާތައް ހުއްޓައިލުމަށާއި ރައީސް ޔާމިނު މިނިވަންކުރުމަށް ވެސް ގޮވާލާފައެވެ.

އެމްއެމްއޭ ގެ ޤަވާއިދަށް އިދިކޮޅުން ފާޑުކިޔާފައިވާއިރު  މަނީ ލޯންޑްރިންގް އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދަޢުލަތަށް ނެގޭ މުދަލާމެދު ޢަމަލުކުރާނެގޮތް ބަޔާންކޮށް އެމްއެމްއޭއިން އެކުލަވައިލި ޤަވާދުގައިވާ ގޮތުން ދަޢުލަތަށް ނެގޭ ފައިސާ އާއި ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް ކަމާބެހޭ އިދާރާއިން އެމްއެމްއޭގައި އެކައުންޓެއް ހުޅުވަންޖެހެއެވެ. އަދި އެ އެކައުންޓުން ފައިސާ ނެގޭނީ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެ މައްޗަށްކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.

މީގެއިތުރުން ކޯޓުން ނެރޭ އަމުރުގައިވާ ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށްވާނަމަ ކަމާބެހޭ އިދާރާއިން ކޯޓު އަމުރު އެ އެކައުންޓެއް އޮތް ބޭންކަކަށް ހުށަހެޅުމުން ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދު އެ އެކައުންޓުން އުނިކުރުމަށްފަހު އެމްއެމްއޭގެ އެކައުންޓަށް ފައިސާ ޖަމާކުރަންވާނެކަމަށް ބުނެފައިވެއެވެ. އަދި

ދަޢުލަތަށް ނެގޭ މުދާ ބަހައްޓަންވާނީ ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށުގައިކަމަށާއި ނައްތައިލެވޭ މުދާ ފިޔަވައި ދަޢުލަތަށް ނެގޭ އެންމެހައި މުދާ، ޤަވާއިދުގައިވާ ގޮތުގެ މަތިން ވިއްކާލެވެންދެން އެކަށީގެންވާ ގޮތަށް އަދި މުދަލުގެ އަގު އެކަށީގެންވާ ވަރަށްވުރެ ދަށްވެގެން ނުދާނެގޮތަށް ބަލަހައްޓަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ މުދާ ބަލަހައްޓަންވާނީ އެ މުދަލަކުން ފައިދާކުރާނެ ގޮތަކަށްކަމަށް ވެސް ބުނެފައިވެއެވެ.

ޤަވާއިދުގައިވާ ގޮތުން ކޮމްޕެޓިޓިވް ރަނގަޅު އަގެއް ލިބޭނެ ގޮތަށް ދަޢުލަތަށް ނެގޭ މުދާ  ޤަވާއިދާ އެއްގޮތަށް ވިއްކައިލުމުގެ ނުވަތަ ކުއްޔަށްދިނުމުގެ އިޚްތިޔާރު ކަމާބެހޭ އިދާރާއަށް ލިބޭކަމަށް ވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: