ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ވެރިކަމަށްއައީ މޮޅު ޕްލޭނެއް އޮތްކަމަށް ބުނަމުން އެކަމު މިހާރު ފެންނަނީ ވެރިކަންކުރަން ނޭނގިގެން އުޅޭތަން: ޑރ.ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނިގެންދަނީ މޮޅު ޕްލޭނެއް އޮތްކަމަށް ބުނެ ވެރިކަން ހޯދި އެމްޑިޕީއަށް ދަޢުލަތް ހިންގާނެ ގޮތް ނޭނގިގެން އުޅޭަތަންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިއަދު ކުރެެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިމިވަނީ އަންގާރަދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކަށް ރައްދުދެއްވައެވެ.

މި ގޮތުން ޑރ.ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވެރިކަމަށްއައީ މޮޅު ޕްލޭނެއް ރޭވިފައިވާކަމަށް ބުނަމުން ކަމަށެވެ.

ނަމަވެސް މިހާރު މި ފެންނަނީ ދަޢުލަތް ހިންގަން ނޭނގިގެން އުޅޭތަންކަމަށާއި މަޖިލީހުގެ ޑްރާމާއިން ފެނިގެންދަނީ ފެއިލްވެ ހަދާނެ ގޮތް ހުސްވުމުން ބޯދަމައިގަނެވޭނެ އުޒުރުދެއްކޭތޯ އުޅޭ މަންޒަރުކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޖަމީލް ވަނީ ޗައިނާ ނޫން އެހެން ތަންތަނުން ހޯދާ ލޯނު ދަރަންޏަށް ނުވާނެތޯ ސުވާލު އުފައްދަވާފައެވެ. އަދި ޗައިނާ ލޯނުތަކުގެ މަންފާ ރައްޔިތުންނަށް ބޮޑުކަމަށާއި އިތުރު މޮޅު ގޮތެއް އެމްޑީޕީއަށް ބުނެނުދެވޭކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

މި މޭރުމުން ޑރ.ޖަމީލް ފާޑު ވިދާޛުވެފައިވާއިރު ރައްޔިތުން މަޖިލިހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވަނީ ފާއިތުވި ފަސްއަހަރުތެރޭގައި ރާއްޖެ އޮތީ ޗައިނާގެ އަޅުވެތިކަމުގެ ދަށުގައިކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އީވާ ވަނީ ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދާއި ކުރީގެ މާލީވަޒީރު އަޙްމަދު މުނައްވަރުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އީވާ މިހެން ވިދާޅުވެފައިވަނީ އަންގާރަދުވަހުގެ ޖަލްސާއަށް ކުރީގެ ފިނޭންސް މިނިސްޓަރުން ކަމުގައިވާ ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދާއި ކުރީގެ މާލީ ވަޒީރު އަޙްމަދު މުނައްވަރުގެ އިތުރުން މިހާރުގެ މިނިސްޓަރު އިބްރާހީމް އަމީރު މަޖިލިހަށް ހާޒިރުކޮށް ކުރެއްވި ސުވާލެއްގެތެރެއިންނެވެ.

މި ގޮތުން ވޭތުވެދިޔަ އަހަރުތަކުގައި އެކި މަޝްރޫޢުތައް ހިންގުމަށް ރައީސް ޔާމިނުގެ ސަރުކާރުން ޗައިނާގެ އެކި ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ އަދަދު ފާހަގަކުރައްވަމުން އީވާ ވަނީ އިންޓަރެސްޓު ނުހިމަނައި 1.4 ބިލިއަން ޑޮލަރު ލޯނުގެ ގޮތުގައްޔާއި ގެރެންޓީގެގޮތުގައި ކުރީ ސަރުކާރުން ނަގާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ލޯނުތައް އޭރު ނަގާފައިވަނީ ލޯނު ދައްކާނެ ގޮތެއް ވެސް ނެތީސް ކަމަށާއި ރަހުނުކުރާނެ އެއްޗެއްގެ މިންވަރު ވެސް ނުދައްކާކަމަށް އީވާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އީވާ ވަނީ ރާއްޖޭގެ ރައުސުލްމާލު ޗައިނާއަށް ވިއްކާލާފައިވާކަމަށް ވިދާޅުވެ އެކަންކުރީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: