ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން “އައިލްސް” ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ފިނޭންސުން އެދިއްޖެ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މުއައްސަސާތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން “އައިލްސް” ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.

މިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ޢާންމުކުރި ސަރކިއުލާގައި ވަނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް އަންދާޒާކުރާ މެދުރާސްތާގެ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްސް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އައިލްސް ޕޯޓަލް މެދުވެރިކޮށް ކަމަށް ބުނެފައެވެ.

މި ގޮތުން ނިއު ޕޮލިސީ އިނީޝިއޭޓިވްސް މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު ނިއު ޕޮލިސީ އިނީޝިއޭޓިވްސް އެކުލަވައިލުމުގައި ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަންތައްތައް ހާސިލުވާނެގޮތަށް އެކުލަވާލާފައިވާ ކަންކަންކަމުގައި ވާންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރިގޮތުގައި މި ބަދަލާއި ގުޅިގެން ޖުލައި 08 ގައި އެ މިނިސްޓްރީން ޢާންމުކުރި ސަރކިއުލަރގެ އެނެކްސް 6 ގައިވާ ފޯމުތައް މެދުވެރިކޮށް ނިއު ޕޮލިސީ އިނީޝިއޭޓިވްސް ހުށަހެޅުން މިހާރު ވަނީ ބާޠިލްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: