ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ކްރިއޭޓިވް ޕިޗް ރައިޓިން ކޮންޓެސްޓެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބައިިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ކްރިއޭޓިވް ޕިޗް ރައިޓިން ކޮންޓެސްޓަކަށް ފުރުސަތުހުޅުވާލުން. ފޮޓޯ: ޔޫތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ކްރިއޭޓިވް ޕިޗް ރައިޓިން ކޮންޓެސްޓަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ހުޅުވައިލި މި ކޮންޓެސްޓް ކާމިޔާބުކުރާ ތިން ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ މި ކޮންޓެސްޓް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށްކަމަށާއި މި ކޮންޓެސްޓަށް ހުށަހަޅާ ޕިޗްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ޓީމަކާއެކު އެ މިނިސްޓްރީއިން މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓްރީން ހާމަކުރިގޮތުގައި މި މުބާރާތަށް ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔޫތު އެންގޭޖްމެންޓް ފޯ ގްލޯބަލް އެކްޝަންއެވެ. އަދި މި ތީމުގެ ދަށުން ޕިޗުތައް ހުށަހެޅޭނެ މައުޟޫއުތަކުގެ ތެރޭގައި ކްލައިމެޓް ޗޭންޖްއާއި ފަައިނޭންޝިއަލް އިންކްލޫޝަންއާއި ޔޫތު ހެލްތާއި ވިމެން އެމްޕަވަރމަންޓް ހިމެނޭކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޕޮލިޓިކަލް ޕާޓިސިޕޭޝަންއާއި ވޮލަންޓިއަރިޒަމް އާއި އެެޑިއުކޭޝަން އާއި މައިގްރޭޝަންގެ އިތުރުން ރެޑިކަލައިޒޭޝަން އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް އާއި ޑިސްއެބިލިޓީ އެންޑް އިންކްލޫޝަން ހިމެނޭކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓްރީން ހާމަކުރިގޮތުގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް މި ކޮންޓެސްޓްގައި ބައިވެރިވެވޭނެއެވެ. އަދި މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ޕިޗް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ މި މަހުގެ 31 ވަނަ ދުވަހު  މެންދުރުފަހު 14:00 އަށްކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: