ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންދޫގެ ބަނދަރު ޑިޒައިންކުރުމަށް ބޭނުންވާ އިކްއިޕްމެންޓްސް އެމްޓީސީސީން އެ ރަށަށް ގެންގޮސްފި

ނ.ލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކަށް ބޭނުންވާ ބައެއް ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންދިއުމުގެތެރެއިން. ފޮޓޯ:އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ  މަސައްކަތްތަކަށް ބޭނުންވާ ބައެއް ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން އެމްޓީސީސީން ބުނީ ނ.ލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ސާމާނު މި މަހުގެ 12 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށެވެ. މި ގޮތުން ގެންގޮސްފައިވަނީ ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ އިކުއިޕްމެންޓާއި މެޝިނަރީކަމަށް އެމްޓީސީސީން ބުނެއެވެ.

ލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު އެމްޓީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. އެމްޓީސީސީން އަންދާޒާކުރާގޮތުގައި މި ބިޔަ މަޝްރޫޢުއަށް 35.60 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީން ވަނީ މި މަޝްރޫޢުގެ ދަށުން 25,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާކަމަށް ބުނެފައެވެ. އޭގެ އިތުރުން 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށާއި 401 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށާއި 1,280 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށާއި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: