ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު ޝަރީޢަތް ނިމެންދެން ބަންދަށް

ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

18 އަހަރުންދަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މިއަދު ހާމަކުރިގޮތުގައި އިތުރުބާރުކުރެވޭ މަޤާމެއްގައިހުރެ އެކި ދުވަސްމަތިން އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ގއ. ދެއްވަދޫ، ތިރުގެ، ޢުމުރުން 32 އަހަރުގެ އިބްރާހީމް ނަދީމް ޞާލިޙްއެވެ.

ނަދީމް ހައްޔަރުކޮށްފައިވަނީ ހުސްވި ޖުލައިމަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އެ މަހުގެ 25 ވަނަ ދުވަހުގައިކަމަށް ފުލުހުން ބުނެއެވެ. މި ގޮތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ނަދީމް ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުޤީޤުކުރުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

ނަމަވެސް އެ މުއްދަތު ހަމަވުމާގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށްމި މަހުގެ 09 ވަނަ ދުވަހު ނަދީމް ކޯޓަށް ހާޒިރުކުރުމުން ޕީޖީގެ ފަރާތުން ހުށަހެޅި ކަންކަމަށްބަލައި ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޕީޖީން ހުށަހެޅި ކަންކަމުގެތެރޭގައި ނަދީމް ދޫކޮށްލާފައި ބެހެއްޓުމަކީ މުޖުތަމަޢުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށާއި، ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވެގެންދިއުމާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް ހިނގާފައިވާކަމަށް ބެލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހުށަހެޅި ހެކި ޤަރީނާތަކުން ހެކި ޤަރީނާ ލިބޭކަމަށްވާތީއެވެ.

ފުލުހުން ވަނީ މި މައްސަލައިގެ ތަޙުޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: