ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

02 ވަނަ ޓާމުގެ ކިޔެވުން އަންނަ ޖެނުއަރީމަހުގައި ފަށާގޮތަށް ހަމަޖައްސައިފި

‏ނިއުނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ އިންތިޒާމުތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޢައިޝަތު ޢަލީ ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް މިދާ ދިރާސީ އަހަރުގެ 02 ވަނަ ޓާމުގެ ކިޔެވުން ފެށޭނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގައިކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ޢާންމުކޮށްފައިވާ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ ޑިސެމްބަރުމަހުގެ 03 ގައެވެ.

މި ގޮތުން 02 ވަނަ ޓާމުގެ ކިޔެވުން ފެށޭނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގައި ކަމަށާއި އަދި އެ ޓާމު ނިމޭނީ އެ އަހަރުގެ ޖޫން 23 ގައި ކަމަށް ވެސް އެކަޑަމިކް ކަލަންޑަރުގައި ބަޔާންކޮށްފައިވެއެވެ.

އެކަޑަމިކް ކަލަންޑަރުގައިވާގޮތުން ދިރާސީ އައު އަހަރެއް ދެން ފެށޭނީ އަންނަ އަހަރުގެ އޯގަސްޓު މަހުގައެވެ. މި ގޮތުން 2022 ވަނަ އަހަރުގައިވެސް އެ އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފެށުމަށް ޚިޔާލު ފާޅުކުރުމަށް ވެސް އެޑިއުކޭޝަނުން ވަނީ ފުރުސަތު ހުޅުވައިލާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާތެރިކަން އިތުރުވާތީ ސްކޫލުތައް ބަންދުކުރީ ވޭތުވެދިޔަ މާޗުމަހުގައެވެ. ނަމަވެސް ކޮވިޑްގެ އަސަރު ތަންކޮޅެއް ކުޑަވުމާއެކު ރައްކާތެތިކަމުގެ ފިޔަވަޅުތަކާއެކު ޖުލައި މަހުގައި އަލުން ކިޔެވުން ހުޅުވައިލިއެވެ. އަނެއްކާވެސް ކޮވިޑް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. މި ގޮތުން މާލޭ ސަރަަހައްދުގެ ސްކޫލުތަކުގައި މިހާރު ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ.

https://twitter.com/MoEdumv/status/1293765657943670785?s=19

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: