ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒީރޯ ޓޮލަރެންސްގައި ތިބެވޭނީ މަޖިލިސް މެންބަރުންވެސް ކޮރަޕްޝަނާއި ދުރުވީމަ: އަފީފް

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަށް ޒީރޯ ޓޮލަރެންސާއި ނަޒާހަތްތެރިކަން ދެމެހެއްޓޭނީ ސަރުކާރު ހިންގަންތިބި ވެރިންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް ކޮރަޕްޝަނާއި ދުރުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ކޮރަޕްޝަނުން ދުރުވެ ތިބުމަކީ، ސަރުކާރުގެ ވުޒާރާއަކުން ނުވަތަ އެނޫންތަނަކުންވެސް ފައިސާ ނަގައިގެން ތިބުމެއް ނޫން ކަމަށެވެ.

އަފީފް ވިދާޅުވި ގޮތުގައި ބޮޑު މުސާރަ ނަގައިގެން ތިބުމަކުން ކޮރަޕްޝަނެއް ނުހުއްޓުވެއެވެ. އެކަން ހުއްޓުވޭނީ އެކަން ކުރާ މީހުން ހުއްޓުވައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު މިހެން މިދަންނަވަނީ އަޅުގަނޑުވެސް ހިމެނޭގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އެބަޖެހޭ އެގޮތަށް ވިސްނަން، ރައްޔިތުންގެ މަޖިލީހަށް ވާނެ މިކަން ހުއްޓުވެން، ދެން ސަރުކާރު ހިންގަން އެންމެ އިސްކޮށް ހުންނެވި މީހާވެސް ވާނެ މިކަންކަން މިގޮތަށް ހިންގަން” އަފީފް

ސަރުކާރު ޖަވާބު ދާރީ ކުރުވަން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަ ކުރައްވާ އަފީފް ވިދާޅުވީ ވަޒީރުންނާ މަޖިލީހުގެ ކޮމިޓީތަކާއި މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް ސުވާލު ކުރަންޖެހޭ ކަންކަންވެސް ހުންނަ ކަމަށެވެ.

އަފީފް ވިދާޅުވީ ސަރުކާރުގެ ބައެއް އިދާރާތަކުގެ ދޯދިޔާކަމުން ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ދަތިވާކަމުގެ ޝަކުވާތަށްވެސް މަޖިލީހަށް ލިބެމުން އަންނަ ކަމަށެވެ. ބައެއް ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ފައިސާ ދޫނުކުރާކަން އަފީފް ފާހަގަ ކުރެއްވިއެވެ.

އެމްޑީޕިއަށް ނިސްބަތްވާ މެންބަރުން މަޖިލީހަށް އިންތިޚާބުވީ ނަޒާހާތްތެރިކަމާއި ޒީރޯ ޓޮލަރެންސް ޕްރޮމޯޓްކޮށްގެން ކަމަށް އަފީފް ވިދާޅުވިއެވެ. އެކަމަކު މަދުން ނަމަވެސް އަމަލުން އެކަން ނުދެއްކޭ މެންބަރުން އެމްޑީޕީގައި އެބަ ތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަފީފް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރާ ހުރިހާ މައްސަލައެއްގެ ތަފްސީލް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ ހިއްސާ ކުރަން ދަތި ކަމަށް އެކޮމިޝަނަކަށް ނުބުނެވޭނެ ކަމަށެވެ.

“މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި އޭސީސީގެ މައްސަލަ އެބަ ހިންގާ، ފަހަރަށް ވެދާނެ އޭސީސީގެ މެންބަރުންނަށް މާބޮޑު ޔަގީން ކަމެއް ލިބެނީ ކަމަށް އެކޮމިޓީގައި ތިއްބަވާ މެންބަރުންނަށް އެއްވެސް ކަމެއް ކުރަން ނުކެރޭނެ ކަމުގެ ދެން ތަންކޮޅެއް ކުރީގައި އަޑު އިވުނު ރައީސް އޮފީހުގައި ހުންނަވާ ކޮންމެވެސް މިނިސްޓަރު ގުޅުއްވާ ވަކި ގޮތަކަށް ކަންކަން ކުރަން އަންގާ ވާހަކައެއްވެސް އޭސީސީއަށް” އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ސަރުކާރުގެ ވަޒީރުން ކަންކަން ސިއްރު ކުރަންޖެހިވަޑައިގަންނަވާ ސަބަބެއް ނޭނގޭ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރައްވާނަމަ ރައްޔިތުން މި ސަރުކާރުގެ އިޚްލާސްތެރިކަމާއިމެދު ސުވާލު އުފައްދަވާނެ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: