ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޓެކްގެ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި “ޕޮލިސިންގ ޑިއުރިން ޕެންޑަމިކް ޓައިމްސް” ވޯކްޝޮޕްގައި ފުލުހުން ބައިވެރިވެއްޖެ

އައިޓެކްގެ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި “ޕޮލިސިންގ ޑިއުރިން ޕެންޑަމިކް ޓައިމްސް” ވޯކްޝޮޕްގެތެރެއިން. ފޮޓޯ:ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމް ( އައިޓެކް) ގައި ހިމެނޭ ޤައުމުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ޕޮލިސިންގ ޑިއުރިން ޕެންޑަމިކް ޓައިމްސް” ވޯކްޝޮޕްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް އާއި ބިއުރޯ އޮފް ޕޮލިސް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ގުޅިގެން ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހަށެވެ.

މި ކަމާއި ގުޅިގެން ފުލުހުން މިއަދު ވަނީ އޮންލައިންކޮށް ބޭއްވި މި ވޯކްޝޮޕްގައި ފުލުހުންގެ އިދާރާގެ އެކިއެކި ޑިޕާޓްމަންޓްތަކުން 09 ފުލުހުން ބައިވެރިވެފައިވާކަމަށް ބުނެފައެވެ.

މި ވޯކްޝޮޕްގައި އިންސާނީ ހައްޤުތަކާއި ރައްޔިތުންނާއި މުޚާތަބު ކުރާނޭގޮތްތަކާއި އަންހެނުންނާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން މުޖުތަމަޢުގައި ހިންގާ ހަރަކާތްތަކުގައި ފުލުހުން ބައިވެރިވެ ޒުވާނުން ހަރުދަނާކޮށް އެކިއެކި މަސައްކަތްތަކުގައި ޒުވާނުންގއ ބައިވެރިވުން އިތުރުކުރުމާއި ގުޅޭގޮތުން ވެސް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ކުރިމަތިވާ ޤުދުރަތީ ކާރިސާތަކާއި އިމަރޖެންސީ ހާލާތްތަކުގައި ޢަމަލުކުރާނެ ގޮތްތަކާއި ޤާނޫނު ތަންފީޒުކުރުމުގައި މުއައްސަސާތައް ހަރަކާތްތެރިވުމާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: