ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ %50 ނިމިއްޖެ: އެމްޓީސީސީ

ބ.އޭދަފުށީ މަގެއްގައި ތާރުއަޅާފައި. ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެތެރެއިން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

މި މަޝްރޫޢުއާއި ގުޅޭ މަޢުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެތެރެއިން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން
ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސާވޭކުރުމާއ އަޅާފައިވާ ދުވާރުތަކަށް ބަލައި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އެ މަގުތައް ޑިޒައިންކުރުމުގެ މަސައްކަތުގެ އިތުރުން ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމުގެ މަސައްކަތާއި ގްރެވިޓީ ޕައިޕް ނެޓްވޯކްއެޅުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ހާމަކުރިގޮތުގައި ހުސްވި އަހަރު އޭޕްރީލް 22 ގައި ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢަށް 38.3 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: