ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްކުރާނީ ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް: ޖުމްހޫރީ ޕާޓީ

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް “ސަންގަށް” ވިދާޅުވީ ރައީސް ޞާލިޙުގެ ކެބިނެޓަށް ޖުމްހޫރީ ޕާޓީގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމާއި ގުޅޭގޮތުން ސުވާލު ކުރުމުން އަލީ ސޯލިހު ވިދާޅުވީ މައްސަލައިގައި ޖޭޕީގެ އެއްވެސް ލެވެލްއެއްގައި މިހާތަނަށް މަޝްވަރާކޮށްފައިނުވާ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ރައީސް ޞާލިޙް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޖުމުހޫރީ ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ.

މީގެ އިތުރުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މި މައްސަލައިގައި ދެކިވަޑައިގަންނަވާ ގޮތެއް އޮތްނަމަ އެކަން ހާމަކުރައްވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

ފައްޔާޒްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް 25  އަކަށް މެންބަރުން ސޮއި ކުރައްވާފައިވާ ކަމަށް އެނގިފައިވެއެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރުންގެ ސޮއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، 65 މެމްބަރުންގެ ސުޕަރ މެޖޯރިޓީއާ އެކު މަޖިލީހުގައި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: