ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރެކްޝަނަކީ އަދުލު އިންސާފު ޤާއިމުކުރުމާއި ޤާނޫނު ތަންފީޒުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް: ނައިބު ރައީސް

ނައިބު ރައީސް ފައިޞަލް ނަޞީމް. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަކީ އަދުލު އިންސާފު ޤާއިމުކުރުމާއި ޤާނޫނު ތަންފީޒުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އިދާރާއެއްކަމަށް ނައިބު ރައީސް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 49 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި މެސެޖެއްގައެވެ.

މި ގޮތުން ނައިބު ރައީސް ވިދާޅުވީ ކަރެކްޝަނަލް ސަރވިސްއަކީ އަދުލު އިންސާފު ޤާއިމުކުރުމާއި ޤާނޫނު ތަންފީޒުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އިދާރާއެއްކަމަށެވެ. އަދި ކަރެކްޝަނަކީ އަމަންއަމާންކަމުގެ އިތުރުން އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ވެސް ވަރަށް މުހިންމު އިދާރާއެއްކަމަށެވެ.

“ކަރެކްޝަނަލް ސަރވިސްއަކީ އަމަންއަމާންކަމާއި އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމުގައި ވަރަށް މުހިންމު އިދާރާއެއް. އަދި އެއީ އަދުލު އިންސާފު ޤާއިމުކުރުމާއި ޤާނޫނު ތަންފީޒުކުރުމުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އިދާރާއެއް.“ ނައިބު ރައީސް

މީގެ އިތުރުން ނައިބު ރައީސް ވަނީ ޤައިދީންގެ ސަލާމަތާއި ރައްކާތެރިކަންކަށަވަރުކޮށްދީ އެ މީހުންގެ ޙައްޤުތައް ލިބިދިނުމާއެކު ތަޢުލީމާއި ތަމްރީނުދީގެން ބޭނުންތެރި ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖުތަމަޢުއަށް ނެރެދިނުމަށް ކަރެކްޝަންގެ އޮފިސަރުންނާއި މުވައްޒަފުންނަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

https://twitter.com/CorrectionsMv/status/1294138001199521792?s=19

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: