ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފ.ނިލަންދޫން 02 މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް

ފ.ނިލަންދޫ. ފޮޓޯ: ވީ ޓްރެވަލް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް- 19 އަށް ފ.ނިލަންދޫގެ 02 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ސަންގަށް މަޢުލޫމާތުދެއްވަމުން ފ.ނިލަންދޫ ކައުންސިލްގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ބުނުއްވީ ފ.ނިލަންދޫން 02 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

ޢަބްދުއްލަޠީފް މުޙައްމަދު ބުނުއްވީ އެ ދެ މީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި ދެމީހުންކަމަށެވެ. އަދި އެ ދެމީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ 13 ވަނަ ދުވަހުކަމަށާއި ހަމަ އެ ދުވަހު އެ ދެ މީހުންގެ ސާމްޕަލް ނަގާފައިވާކަމަށެވެ.

މި ގޮތުން އެ ދެމީހުން ޕޮޒިޓިވްވެފައިވާކަން ޔަޤީންކުރެވުނީ މިއަދުގެ އަޞުރު ފަހުންކަމަށް ވެސް ޢަބްދުއްލަޠީފް މުޙައްމަދު ބުނުއްވިއެވެ.

މިކަމާއި ގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވާގޮތުން ނިލަންދޫން ޕޮޒިޓިވްވެފައިވަނީ ޢުމުރުން 30 އަހަރާއި 43 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. އަދި މި ދެ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރިއަށްދާ ކަމަށާއި އެ ރަށް މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ.

ކޮވިޑުގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަނީ ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ.

މި ގޮތުން ޕޮޒިޓިވްވެފައިވާ މީހުން ތިބި ރަށްތަކުގެތެރޭގައި ހއ.ކެލާ އާއި ހއ.ފިއްލަދޫއާއި ހދ.ނައިވާދުއާއި ބ.ކުޑަރިކިލާއި ބ.ކަމަދުއާއި ޅ.ހިންނަވަރު ހިމެނެއެވެ.

އޭގެ އިތުރުން ކ.މާފުށްޓާއި ކ.ތުލުސްދުއާއި ވ.ފުލިދުއާއި ފުވައްމުލަކު ސިޓީއާއި ހއ.އިހަވަންދުއާއި ހއ.ފިއްލަދޫއާއި ބ.ކަމަދުއާއި ރ.ހުޅުދުއްފާރާއި އައްޑޫ ސިޓީ ހިތަދޫ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: