ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: 24 ގަޑިއިރުތެރޭގައި 78 ކޭސް

ކޮވިޑް-19 އަށް މީހަކު ޓެސްޓުކުރަނީ. މި ބަލީގެ ނުރައްކާތެރިކަން މިހާރު ވަނީ އިތުރުވެފަ. ފޮޓޯ: ޢަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު 78 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19 އަށް އިތުރު 78 މީހުން ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ވަނީ ޔަޤީންކޮށްދީފައެވެ. 

މި ގޮތުން އެޗްޕީއޭއިން ހުކުރުދުވަހުގެރޭ ކުރި ޓްވީޓެއްގައި ވަނީ 46 ދިވެހިންނާއި ބަންގްލަދޭޝްގެ 25 މީހުންނާއި އިންޑިއާގެ 04 މީހުންނާއި ލަންކާގެ 02 މީހެއްގެ އިތުރުން ނޭޕާލްގެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ބުނެފައެވެ. 

އޭގެތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ފެނުނު 74 ކޭސްގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ފެނުނު 04 ކޭސް ކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ބައްޔަށް ފަރުވާހޯދަމުންއައި މީހުންގެތެރެއިން އިތުރު 90 މީހަކު ވަނީ ރަނގަޅުވެފައެވެ. އެޗްޕީއޭއިން ހާމަކުރިގޮތުގައި މި 90 މީހުންނާއެކު ޖުމްލަ 3010 މީހުންވަނީ ރަނގަޅުވެފައެވެ. ނަމަވެސް މިހާރުވެސް 2540 މީހުން ފަރުވާ ހޯދަމުން އަންނަކަމަށާއި އޭގެތެރެއިން 150 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މި ބައްޔަށް ރާއްޖެއިން 5572 މީހުން ޕޮޒިޓިވްވެފައިވާއިރު 22 މީހަކު ވަނީ ނިޔާވެފައެވެ. މި ގޮތުން 22 ވަނަ މީހާ ނިޔާވެފައިވަނީ 14 ވަނަ ދުވަހުގެ 01:45 ގައި ކަމަށާއި އެއީ ޢުމުރުން 61 އަހަރުގެ ދިވެހި އަންހެނެއްކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: