ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާތައް ބާތިލް: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިހާރުވެސް މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ކުރަން ޕީޖީންވަނީ ކޯޓަށް ފޮނުވައިފައެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހުންނަވައިގެން އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން އުފުލާ ކޮންމެ ދައުވާއެއް ބާތިލްވާނެ ކަމަށެވެ.

ސަބަބެއް ކަމަށް އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިއާގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލަށް ޝަމީމް މަސައްކަތް ކުރެއްވުމެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން އެ މަނިކުފާނު ޖޫރިމަނާ ކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ.

މީގެ އިތުރުން އަދީބުގެ ޤާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވީ ރިޔާސީ ލޯންޗުކޮޅު “ފިނިފެންމާ” ގޮއްވައިލި މައްސަލާގައި ކަމަށް މީގެ ކުރިން ޝަމީމް ވިދާޅުވެފައިވެއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، އޭނާ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވާނީ ޒިޔަތާއި އޮއިއްޓެގެ އެކަންޏެވެ. ޕީޖީގެ މަގާމާ ހަވާލުވުމާ އެކު، އެ މައްސަލަތަކުން ތަނާޒުލް ވެފައިވާ ކަމަށް ޝަމީމް ވިދާޅުވެ އެވެ.

ޕީޖީގެ މަގާމުގައި ހުންނަ ބޭފުޅެއްގެ މަސްލަހަތު އޮންނަ މައްސަލައެއް ނަަމަ އުސޫލެއްގެ ގޮތުން ޕީޖީ، އެ މައްސަލައަކުން ތަނާޒުލްވެ، މައްސަލަ ކުރިއަށް ގެންދާނީ ޑެޕިއުޓީ ޕީޖީ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: