ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމަށް އެޅޭ ހިޔަނިން ސަލާމަތްވުމުގެ ބާރުއޮތީ ރައްޔިތުންގެ އަތުގައި: ޗަމްޕާ އަފީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން އުއްމީދުކުރި ގޮތާ ހިލާފަށް ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މައްޗަށް ދާން ފެށުމުގެ ސަބަބަުން ފަތުރުވެރިކަމުގެ ސިނާއަތަށް އެޅޭ ހިޔަނިން ސަލާމަތްވުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް  ޗަމްޕާ ހުސެން އަފީފް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް “މިހާރަށް” ދެއްވި އިޓަވިއުއެއްގައި އަފީފް ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ގިނަވަމުން ދިއުމުގެ ބިރާ އެކު، ޑިސެމްބަރު ހިސާބުގައި ވެސް ކުރީގެ މިންވަރަށް ފަތުރުވެރިކަން ހިނގައިދާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑު ބައެއް ހިއްސާ ކުރައްވާ އަފީފް ވިދާޅުވީ މިހާރުގެ ހާލަތު އޮތް ގޮތުން އަންނަ ޑިސެމްބަރު އަދި އަހަރުގެ ޖެނުއަރީ މަހު ޓޫރިސްޓް އޮކިއުޕެންސީ 50 ޕަސެންޓަށް އެރިޔަސް އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

އަފީފް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމަށް ކަމަށް ގަބޫލުކޮށް، ރާއްޖެއަކީ ކޮވިޑް-19 އިން ސަލާމަތްވެފައިވާ “ގްރީން ޒޯނަކަށް” ހެދެއްޖިނަމަ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

އަފީފް ވިދާޅުވި ގޮތުގައި މި ބަލީގެ ބޭސް ރައްޔިތުންނަށް އެނގެ އެވެ. އެއީ ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެމުން އަންނަ ގޮތަށް، ސާފުތާހިރުކަމަށް އިސްކަން ދިނުމާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ.

ރިސޯޓްތައް ވަކިވަކިން އޮތް ނަމަވެސް އޭގެ ފައިދާއެއް މިފަދަ ބަލިމަޑުކަމެއްގައި ރާއްޖެއަށް ވެސް ނޯންނާނެ ކަމަށް، އަފީފް ވިދާޅުވިއެވެ. އެގޮތުން ސުނާމީއެއް ފަދަ ކާރިސާއެއްގައި ބައެއް ރިސޯޓްތައް ހަލާކުވިޔަސް، ދެން ހުރި ރިސޯޓްތަކަށް ޓޫރިސްޓުން އަންނާނެ ކަމަށާއި އެކަމަކު މިފަދަ ބަލިމަޑުކަމެއްގައި އެއާޕޯޓުންވެސް ބަލި ނާރާނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

މިހާރު މި އޮތް ގޮތަށް ރާއްޖެ ކުރިއަށް ދާ ނަމަ ޑިސެމްބަރާއި ޖެނުއަރީ ހިސާބުގައި ވެސް ގިނަ ރިސޯޓްތައް އޮންނާނީ ބަންދުވެފައި ކަމަށް އަފީފް ވިދާޅުވިއެވެ. ނަމަވެސް ކަންކަން ރަނގަޅުވާނެ ކަމުގެ އުއްމީދު ދޫކޮށްލައިގެން ނުވާނެ  ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ހިއްސާ އޮންނަ ކުންފުނިތައް ސެޕްޓެމްބަރުގައި ހުޅުވުމަށް ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް ކެންސަލޭޝަން ގިނަ ކަމުން މިހާރުގެ ޕްލޭނަކީ ގިނަ ރިސޯޓްތައް ޑިސެމްބަރު ހިސާބުގައި ހުޅުވުމެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: