ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވާލައި އިހުތިޖާޖުކުރަން އިދިކޮޅު ކޯލިޝަނާއެކު ޖާބިރު ނިކުންނަވަނީީ!

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ކޯލިޝަނާއެކީގައި ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ) އިން ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވާލެއްވުމަށާއި އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މަސައްކަތް ފެށުމަށްޓަކައި ވަގުތުން ވަގުތަށް އިހުތިޖާޖުކުރަން ނިކުންނަށް ތައްޔާރުގައި ތިބިކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވާލައްވައި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ފޮނުއްވެވި ސިޓީގައި ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް ޞާލިޙް ވެރިކަމަށް އިންތިޚާބުކުރެއްވީ ނުހަނު ގިނަ އުންމީދުތަކާއި ހުވަފެންތައް ހާސިލްކޮށްދެއްވާނެކަމުގެ ޔަޤީންކަންދެއްވައި އެތަކެއް ވަޢުދުތަކެއްވެވަޑައިގެންފައިވާތީ ކަމަށެވެ.

މި ގޮތުން ރައީސް ޞާލިޙްގެ ފަހަތްޕުޅުގައި ނިކުމެ ފުރާނަ އަތްމައްޗައްލައިގެން 23 މިލިއަން ޑޮލަރު ޚަރަދުކޮށް ރާއްޖޭގެ ވަލިއްޔުލްޢަމްރުކަން އެ މަނިކުފާނާއި ހަވާލުކުރެއްވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށާއި ދިވެހި ހުރިހައި ޢާއިލާތަކުގެ ޙައްޤުގައި ކެނޑިނޭޅި މަސައްކަތްޕުޅުކުރައްވާނެކަމަށް ރައީސް ޞާލިޙް ޔަޤީންކަން ދެއްވުމުންކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އެ ކަން ރައީސް ޞާލިޙް ހަނދުމަފުޅު ހުންނަވާނެކަމަށް ވެސް ޖާބިރުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

 

ރައީސް ޞާލިޙް. ފައިލް ފޮޓޯ

ނަމަވެސް މިއަދު ފެންނަނީ ވެވަޑައިގެންފައިވާ ވަޢުދުތަކާއި ޚިލާފަށް ސަރުކާރުން ޢަމަލުކުރަމުންދާ މަންޒަރުކަން ޖާބިރު ފާހަގަކުރެއްވިއެވެ.

ޖާބިރު ވަނީ ރައްޔިތުންނަށް އޯގާތެރިވެވަޑައިގަންނަވާނެކަމަށް ރައީސް ޞާލިޙް މާތްﷲ ގަންދީ ހުވާކުރައްވައިގެން ހުންނަވައި މި ފަހުގެ ތާރީޚެއްގައި ދުނިޔެއަށްއައި އެންމެ ނުރައްކާތެރި ކޮވިޑް-19 އިގެ މި ދަނޑިވަޅުގައި ރައީސް ޞާލިޙް ކަންތައްތައް ތިޔަ ކުރައްވަނީ ކިހިނެއްތޯ ސުވާލުކުރައްވާފައެވެ. އަދި ދިވެހި އެތައް ސަތޭކަ އިޚުލާސްތެރި މުވައްޒަފުންގެ ވަޒީފާގެއްލި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތުގައި މުޅި ޢުމުރު ހޭދަކުރެއްވި ރައްޔިތުން ބިކަވެފައިވާކަން ފާހަގަކުރައްވާފައެވެ.

ޖާބިރު ވަނީ މަސްވެރިންނާއި ދަނޑުވެރިންނަށް ހަމަ އަގުގައި ވިޔަފާރި ނުކުރެވި ކުދި އަދި މެދު ފަންތީގެ އިތުރުން ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ރައްޔިތުންނަށް ދުވަހު ކޮއްތު ނުލިބި ރާއްޖޭގެ ރައްޔިތުން ދަރަނިވެފައިވާއިރު ރައީސް ޞާލިޙްގެ ކެބިނެޓް ވަޒީރުންގެ ޢަމަލުތައް ހުންނަވަނީ ކީހިނެއްތޯ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން ޖާބިރު ވަނީ މުވައްޒަފުންގެ ޢަބުރާއި ޢިއްޒަތް ނަގާލައި އަންހެން ދަރީންގެ ޙައްޤުތަކަށް އަރައިގަނެ ރާއްޖޭގެ ރައުސުލްމާލުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް ރައްޔިތުން ބިކަވާއިރު ޒިންމާ އަދާކުރައްވަވަންތޯއޭ ވިދާޅުވެ ރައީސް ޞާލިޙާއި ސުވާލުކުރައްވާފައެވެ. އަދި ބިދޭސީންގެ ނުރައްކާ އިތުރުވެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި ދުވަހަކަށްވުރެ ދުވަހަކު ދަށަށްދާތީ ވެރިކަމުގައި ހުންނެވުމަށް ރައީސް ޞާލިޙް ނުކުޅެދިފައިވާކަމަށާއި ދިވެހި ރައްޔިތުން ބުނާގޮތަށް ދަންނަވާނަމަ ” މި ސަރުކާރު ފެއިލްވެއްޖެ” ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

https://twitter.com/drpmaldives/status/1294901065972817925?s=19

ޖާބިރު ވަނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ރާއްޖެއަށް މި އައި ކުއްލި ލޮޅުމުގައި ލިބފައިވާ ގެއްލުމާއި ހިތާމަތަކުން ރައްޔިތުން މިންޖުކުރުމަށް ޑީއާރްޕީއިން ދިވެހި މަސްވެރިންނާއި ދަނޑުވެރިންނާއި ވަޒީފާގެއްލިފައިވާ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކާއި ޕްރޮގްރެސިވް ކޯލިޝަނާއެކީގައި ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވާލެއްވުމަށާއި އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މަސައްކަތް ފެށުމަށްޓަކައި ވަގުތުން ވަގުތަށް އިހުތިޖާޖުކުރަން ނިކުންނަށް ތައްޔާރުގައި ތިބިކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: