ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދީފައިވާ ކަމަށް ތުހުމަތުކޮށް ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަލައި އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ. 

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުވާފައި ވަނީ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. ޝުޖާއު ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވިއިރު ޝުޖާއު ހުންނެވީ ދެ މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައެވެ. 

ޝުޖާއު ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމައި ޖޭއެސްސީން ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުގައި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްޗަށް ޖޭއެސްސީން ތަހުގީގު ކުރި  މައްސަލައަކީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ ގެމެނަފުއްޓަށް ނުރަސްމީކޮށް ދަތުރުކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ޝުޖާއުގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީގެ ނިންމުމުގައި ވަނީ ބުނެފައެވެ. 

ޖޭއެސްސީގެ ނިންމުމުގައި ބުނެފައިވާ ގޮތުގައި  ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާން ބައްދަލުކޮށް، އެ މީހުންގެ ވޯޓު ލިބިެއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. 

ޖޭއެސްސީން ބުނީ އިސް ފަނޑިޔާރު ޝުޖާއު އުސްމާންއާއި ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގު ކުރި މައްސަލަތަކަގެ ތަހުގީގު ނިންމައި ތަހުގީގު ރިޕޯޓް މިދިޔަ މަހުގެ 20 ވަނަ ދުވަހު އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަށް ފޮނުވައި ޖަވާބްދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދިން ކަމަށެވެ. 

ޝުޖާއު އަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށު ކޯޓާއި ހައިކޯޓިގައި ކުރިޔަށް ގެންދެވި ފަނޑިޔާރެކެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ޓެރަރިޒަމް ދައުވާގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އޭނާ ހިމެނެއެވެ.

ސުޖާއު ހައިކޯޓްގެ އިސް ފަނޑިޔާރަކަށް އައްޔަން ކުރެއްވީ އޯގަސްޓް 15، 2018 ގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ އޭރު ހައިކޯޓްގެ އިސްފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުންނެވެ. ޖޭއެސްސީން ކުރި ތަހުގީގަށްފަހު މިހާރު އަބްދުﷲ ދީދީ ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: