ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒީރޯ ކާބަން އެމިޝަން ހިމެނޭ ތަރައްގީގެ ޕްލޭން ތަކެއް އެކުލަވާލުން މުހިންމު: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒީރޯ ކާބަން އެކުލެވޭ ތަރައްްގީގެ ޕްލޭން ތަކެއް ތަރައްގީ ވަމުން އަންނަ ޤައުމު ތަކުގައި އެކުލަވާލުން މުހިންމު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޤާނޫނު ހަދާ މަޖިލިސްތަކުގައި ރައީސުންގެ ފަސްވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ޤައުމުތަކުގެ ކުރިއެރުމަށްޓަކައި އަދިވެސް ކާބަން ބޭނުން ކުރަމުންދާ ކަމަށާއި ފޮސިލް ފިއުލް އަންދައި ކާބަން ބޭނުން ކުރާ މިންވަރު އިތުރުވާ ވަރަކަށް ޤައުމު ތަކުގެ މުއްސަނދިކަން އިތުރުވާނެ ކަަމަށެވެ. އެހެން ކަމުން ޤައުމު ތަކުގައި، ކާބަން ބޭނުން ކުރުން މަތީ ދެމިތިބެންޖެހޭ ކަމަށާއި އެއީ ކުރިއަށް އޮތްތާ ނުރައްކާވާނޭ ކަމެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން، ކާބަން ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ޤައުމު ތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ބައެއް ތަފާސް ހިސާބުތައްވެސް ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.

އޭގެތެރެއިން އޮސްޓްރޭލިއާގެ ކޮންމެ ރައްޔިތަކު 10،000 ކިލޯ ވޮލްޓުގެ ހަކަތަ އަހަރެއްގެ މައްޗައް ބޭނުން ކުރާ ކަމަށާއި އަދި ބަންގްލަދޭޝްގައި ހަކަތަ ބޭނުން ކުރާ މިންވަރު އުޅެނީ ބޮލަކަށް 300 ކިލޯ ވޮލްޓުގައި ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އިގްތިސާދީ އަދި ހަކަތާގެ ތެރެއިން ކުރި އަރަމުން އަންނަ ގައުމު ތަކަށް މާހިރުން ބޭނުންވާ ކަމަށާއި އަދި ކުރިއަރަމުން އަންނަ ޤައުމުތަކުން ތަރައްޤީ ހޯދަންވީ ކާބަން ބޭރުނުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ މިއާއިއެކު އިއާދަ ކުރެނެވި ހަަކަތަ އަކީ ޚަރަދުކުޑަ ނިޒާމެއް ކަމަށް ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، ކާބަން ބޭނުން ނުކޮށް ޤައުމުތައް ތަރައްގީ ކުރެވޭނެ ގޮތުގެ ރަނގަޅު ޕްލޭނެއް އެކުލަވާލައިފިނަމަ އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިފަދަ ޕްލޭންތައް ހެދުމަށް މަޖިލީހުން ސަރުކާރަށް ބާރު އެޅިދާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ތަރައްޤީ އެންމެ ރަނގަޅު ގޮތުގައި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަކަށް މަސައްކަތް ކުރުމަށް ރައީސް ނަޝީދު އިޚުލާސްތެރިކަމާއި އެކު ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: