ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު މިހާރު ވަޒީރުންނަށް ބޭނުމެއް ނުވޭ: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝިދުގެ އިތުބާރު ބޭނުމެއް ނުވާކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ވެސް ފުރައްވާފަިއވާ މޫސަ މިފަދައިން ވިދާޅުވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއަށް އެމަނިކުފާންގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ފޮރިން މިނިސްޓަރ ޝާހިދުގެ ދިފާއުގައި ނިކުންނެވީ ޝާހިދުގެ އިތުބާރުގެ ނެތް ކަމުގެ މައްސަލަ މަޖިލީޙުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހަޅާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވުމާއި ގުޅިގެންނެވެ.

ޝާހިދުގެ ދިފާއުގައި ރައީސް ނަޝީދު ކުރެއްވި ޓުވިޓަށް ރައްދު ދެއްވައި މޫސަ ވިދާޅުވީ މަޖިލީޙުގެ ރައީސްގެ އިތުބާރު ރައީސް ސާލިހުގެ ސަރުކާރުހެ ވަޒީރުންނަށް އޮތް ކަމަށް ދެން ބުނުމުގެ ބޭނުމެއް ނެތް ކަމަށާއި އިކިނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްގެ މައްސަލައަށް ބެލުމުން މަޖިލީހުގައި ރައީސް ނަޝީދުއަށް ވުރެ ރައީސް ސާލިހުގެ ބާރުގަކަން އެނގޭ ކަމަށެވެ.

“ ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓަން ވަޒީރުންނަށް ދެން ކޮންމެހެން މަޖްލިސް ރައީސްގެ އިތުބާރު އޮތް ވާހަކަ ގޮވާކަށް ބޭނުމެއް ނުވޭ ހެން ހީވަނީ؟ ރ ސޯލިޙްގެ ފުރިހަމަ ބާރު މަޖްލީހުގަ އަދި އޮތީމަތާ ރ ނަޝީދަށްއަށް ފައްޔާޒަށް ގޮތެއް ނުހެދިގެންއުޅެނީ. “ މޫސަ ވިދާޅުވިއެވެ.

ރައީސް ނަޝީދު ފޮރިން މިނިސްޓަރ ޝާހިދު ދިފާއު ކުރައްވާފައިވަާއިރު ނަޝީދު އިސްކޮށް ހުންނަވައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ފައްޔާޒަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި ފައްޔާޒްގެ ދިފާއުގައި އެމަނިކުފާން ހުންނެވި ކަމަށް ވެސް ރައީސް ސާލިޙް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: