ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްރާ ނަޝީދަށް: މަޖިލީހުގެ ތެރޭގައި ހީވަނީ އަދިވެސް އިންތިޚާބު ނުނިމިގެން އުޅޭހެން!

ރައްޔިތުންގެ މަޖިލީހުގެ ބިލަކަށް ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމެއްގައި އިބްރާ ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބެއް ކާމިޔާބުކުރުމާއި ދައުލަތެއް ހިންގުން ތަފާތު ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހީވަނީ އަދިވެސް އިންތިޚާބެއް ނުނިމިގެން އުޅޭހެން ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޓެގް ކުރައްވާ އިބްރާ ކުރެއްވި ޓުވީޓްތަކެއްގައި، މަޖިލީހުގެ ރައީސްގެ ލަޔާގަތު ބޭނުން ކުރައްވައިގެން، މަޖލީހުގެ އަމާޒް ރައްޔިތުންގެ މިސްރާބުގައި ހިފަހައްޓަވައިދެއްވިދާނެތޯ ވަނީ ސުވާލު ކުރައްވާފައެވެ.

އިބްރާ ވިދާޅުވި ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރައްޔިތުންނަކަށް ހިމޭން ކަމެއް އަދި ނުލިބެއެވެ. ދިވެހިންނަށް ހަމަ ނޭވާއެއްލެވި، އާދެވުނު ހިސާބު ބަލާލާ، މިހާރު އޮތް އަޑިގަނޑުން އަރައިގަނެވޭނެ ގޮތަކާއިމެދު ވިސްނާލާނެ ވަގުތުކޮޅެއް ހޯއްދަވައިދެއްވުމަށްވެސް އިބްރާވަނީ އެދިވަޑައިގަންނަވާފައެވެ.

ރާއްޖެ މިވަގުތު އޮތީ ނުހަނު ނާޒުކު ހާލަތެއްގައި ކަމަށާއި، ބަލަބަލާ ތިއްބާ ރާއްޖޭގައޮ ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް އެއްޗެއް ވަންނަން އޮތް ދޮރުތައް ބަންދުވެފައިވާކަން އިބްރާވަނީ ފާހަގަ ކުރައްވާފައެވެ.

އިބްރާ ވިދާޅުވީ ވަޒީފާތައް މަދުވެ، އެތެރެއާއި ބޭރުގެ ދަތުރުފަތުރުތައް ތާށިބޮޑުވެފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުން ހުއްޓި، އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާ މިފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޑު އިވެނީ ވެރިކަމުގެ ނިޒާމުގެ ވާހަކަ ކަމަށް އިބްރާ ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތު މިހާ ގޯސްވެފައިވާ ދަނޑިވަޅެއްގައިވެސް މަޖިލީހުގެ ތެރޭގައި އޮތީ ސިޔާސީ ކޯޅުންތަކުގެ އަޑު ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ވެރިކަންކުރާ ޕާޓީގެ ތެރެއިންވެސް ފެންނަނީ ދެބަސްވުމާއި އަރާރުންވާ މަންޒަރު ކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ފިލުވާނެ ގޮތެއްގެ ވާހަކަ ދައްކާ އަޑެއް ނީވޭ ކަމަށެވެ. އަދި މަހުޖަނުން އަތުން ޓެކްސް ނަގާ ވާހަކަ ދައްކާ އަޑެއްވެސް ނީވޭ ކަމަށް އިބްރާ ވިދާޅުވިއެވެ.

އުޖާލާ އިޤްތިޞާދަކަށް ބަލައިގެން ބައްޓަން ކުރި “މެނިފެސްޓޯ” ހާލަތާއެކު ބަދަލު ކުރަންވެއްޖެ ކަމުގެ ބަހުސެއް ކުރާތަނެއްވެސް މަޖިލީހުގެ ތެރެއިން ނުފެންނަ ކަމަށް އިބްރާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: