ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުވާ ދެމުން އަންނަ ދެމީހުންނާއި ބަންދު ސަލީމާއި ގުޅުމެއް ނެތް: އައިޖީއެމްއެޗް

ދަރުމަވަންތަ ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރީޓޮޕް ހޮސްޕިޓަލުން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަ ދެ މީހުންނާއި ސީއީއޯ ބަންދު އިބްރާހީމް ސަލީމާ ގުޅުމެއް ނެތް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން އަންނަ ދެ މީހަކާއި ގުޅޭގޮތުން ބައެއް މީޑިއާތަކުން ގެނެސްފައިވާ ޚަބަރު ދޮގު އައިޖީއެމްއެޗުން ނެރުބަޔާނެއްގައި ބުނެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި ބަލި ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ދެ މީހުންނަކީ އެ ހޮސްޕިޓަލުގެ ސީއީއޯ ސަލީމްގެ އާއިލާގެ ބޭފުޅުން ކަމަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރާފައިވިޔަސް އެއީ ދޮގު މައުލޫމާތެއް ކަމަށެވެ.

އެ މީހުންނަކީ އައިޖީއެމްއެޗްގައި ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓްރީކޮށް އެޑްމިޓްކޮށްގެން އުސޫލުތަކާ އެއްގޮތަށް ފަރުވާ ދެމުން އަންނަ ދެ މީހުން ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އާސަންދައިން ކަވަ ނުކުރާ ޕްރައިވެޓް ރޫމް ޗާޖް ފަދަ ހަރަދުތައް ވެސް ކަނޑައެޅިފައިވާ ގަވައިދާ އެއްގޮތަށް ބަރާބަރަށް އެފަރާތްތަކުން އަންނަނީ ދައްކަމުންނެވެ.

އެމީހުން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ކޮވިޑް-19 އަށް ފަރުވާ ކުރާ ތަނެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް ސަރުކާރުގެ ބޭނުމަށް ނެގުމުން ކަމަށް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: