ދުއްވާ އެއްޗެހި ދުއްވުން ހުއްޓާލުން ފަދަ ފިޔަވަޅުތައް އަޅައިގެން ވިޔަސް ދެވަނަ ލޮކްޑައުނަކަށް ރާއްޖެ ނުގޮސް ވޭތޯ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
މިރެއިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާކުރާ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ހެޗްޕީއޭ) އިން ނިންމާފައިވާ ނިންމުން ދިފާއު ކުރައްވައި، ޝަރީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދެވަނަ ލޮކްޑައުނަކަށް ދިއުމަކީ ރައްޔިތުންނަށް އުފުލޭ ވަރަށް ބޮޑު ބުރައެއް ކަމަށެވެ.
Dhuvvaa ehchethi dhuvvun huttaalaigen viyas dhevana lockdown akah nugos veythoa balan eba jehey. Dhevana lockdown akah dhiyun eyakee rayyithunnah ufulley varah vuren bodu buraeh
— Ibrahim Shareef (@AdduShareef) August 23, 2020
އެޗްޕީއޭގެ ނިންމުން ދިފާއު ކުރައްވައި ޝަރީފް ޓްވީޓެއް ކުރައްވާފައިމިވަނީ، އެޗްޕީއޭގެ ނިންމުންތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އެޗްޕީއޭގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ވިދާޅުވެ، އިދިކޮޅު ބައެއް ސިޔާސީ ބޭފުޅުން ވާހަކަ ދައްކަވާފައިވަނިކޮށެވެ.
އެޗްޕީއޭއިން ނިންމާފައި ވަނީ މިރެއިން ފެށިގެން ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށެވެ. ނަމަވެސް ރޭގަނޑު 22:00 އާއި ހަމައަށް ފައިމަގުގައި ބޭރުގައި އުޅުމަށް ހުރަހެއް ނެތެވެ.

