ރާއްޖެއިން ކޮވިޑް-19 ޖެހިގެން 79 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރެއްވި ޓުވީޓެއްގައި އެ މީހާއަކީ އައިޖީއެމްއެޗްގެ އީއާރްއަށް ރޭ ގެންދިޔަ ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ނިޔާވެފައި ވަނީ ރޭ 2:58 ހާއިރު ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
Today at 02:58 AM a 79 year old Maldivian male taken to IGMH ER has passed away.
This is the 27th #COVID19 death in the Maldives.
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
— Health Protection Agency (@HPA_MV) August 24, 2020
މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 27 ވަނަ މީހާއެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު މި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

