ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫނު ވަޅުލުމުގެ ކުރިން ދަރަނި އަދާކުރަން ވާނެކަމަށް ޖާބިރު ޣައްސާނަށް އަންގައިފި

ރައީސް މައުމޫނު، ޖާބިރު އަދި ޣައްސާނު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫނަށް ކޮވިޑް19 ޖެހުނުކަން އެނގުމުން، ރައީސް މައުމޫނު ވަޅުލުމުގެ ކުރިން ދަރަނި އަދާކުރަންވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މައުމޫނުގެ ދަރިކަލުން، ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނު ވަނީ ޖާބިރު ޣައްސާނަށް ގުޅައިގެން ދެއްކެވި ވާހަކަ ރިކޯޑުކޮށް ޓްވީޓްކޮށްފައެވެ.

އޯޑިއޯގައި ޖާބިރު ވަނީ ރައީސް މައުމޫނަށް ކޮވިޑު ޖެހުނުކަން އެނގުމުން އެކަމާއި ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ބައްޕަ ވަޅުލުމުގެ ކުރީގައި ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ދޭންވާނެކަމަށްވެސް ޖާބިރު ވިދާޅުވެއެވެ.

“ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ދޭންވާނެ، އޭނާ ވަޅުލުމުގެ ކުރީގަ އެކަންކަން ހަމަޖައްސަން ޖެހޭނެ” ޖާބިރު ވިދާޅުވެއެވެ.

އަދި ޣައްސާނަކީ ވެރިކަމަށް އަންނަން އުޅުއްވާ ބޭފުޅެއްކަމަށާއި، ޣައްސާނު ވަނީ ބައްޕަގެ ދަރަންޏަށް ޒިންމާ އުފުލަން ނުޖެހޭނެކަމަށް ވިދާޅުވެފައިކަމަށްވެސް ޖާބިރު ވިދާޅުވެއެވެ. އަދި ބައްޕަގެ ތަރިކަ މުދަލުން ބަދަލު ދެއްވަންވާނެ ކަމަށާއި، ޖާބިރު އަތުން 29 މިލިއަން ރުފިޔާ ރައީސް މައުމޫނު ނަގާފައިވާކަމަށްވެސް ވިދާޅުވެއެވެ.

އެ ރެކޯޑިން ޓްވީޓް ކުރައްވަމުން ޣައްސާނު ވިދާޅުވެފައިވަނީ މަޖިލީހުގައި ޖާބިރު އެ ވާހަކަ ދައްކަވަވަނީ މަޖަލަކަށް ކަމަށް މީގެކުރިން ހީކުރިނަމަވެސް އާއިލާއަށް ދިމާވެފައިވާ މި ހާސްކަމުގެ ވަގުތުގައި ޖާބިރުގެ އަސްލު ސިފަ ދައްކާލީތީ ވަރަށް ހިތާމަކުރައްވާ ކަމަށެވެ.

ރައީސް މައުމޫނު ޖާބިރު އަތުން29 މިލިއަން ރުފިޔާ ނެންގެވިކަމަށް ވިދާޅުވެ އެ ފަައިސާ އަބުރާ ދެއްކުމަށް ޖާބިރު ވަރަށް ގިނަ ޕްލެޓްފޯމްތަކެއްގައި މީގެކުރިންވެސް ވަނީ ގޮވާލައްވާފައެވެ.

ރައީސް މައުމޫނު ކޮވިޑަށް ފައްސިވިކަން އެމަނިކުފާނު އިއުލާނުކޮށްފައިވާއިރު، މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެދުމަތި ކޮށްފައެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 29%ވަރަށް ދެރަ 47%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މިއީ ދެވަނަ ދެކަމެއް ނުކޮށް އަނބިމީހާ މެލޭޝިޔާގައި ބަހައްޓަައިގެން 24 ގަޑިއިރު ބަނގުރާ ބޮއެގެން އުޅޭ މީހެއް. އަނެއްކާ މީނާދެކެ މީހުން ބިރުގަންނަންޖެހޭ. ފައިސާ ޚަރަދުކުރަނީ ބޮޑެތި ވައްކަންކޮށްގެން އެތައްކުށްތަކެއްގެ ރިކޯޑް އޮންނަ ގޭންގްތަކު މީހުންނަށް. މީނާޔަށް ޑީއާރޕީއެއް ވިއްކާލީމޮޔައެއް. އެކޮންމެ މީހަކަސް ޕާޓީ ދަރަނިން ސަލާމަތްކުރަން. މިކަލޭގެ މިތާގައި މިނިވަން ފުލުހުންނެއް ތިބިނަމަ އޮތީހީ ޖަލުގައި. އެހެންނަމަވެސް ފުލުހުންނަކަށް ނެތް މީނާ ހައްޔަރު ކުރުމުގެ ބާރު. ރައްޔިތުންގެ މަޖްލިސް ޖަލްސާތަކުގައި މީނާ ހުންނަވަނީ ބަނގުރާ ބޮއެގެން. މަޖްލިސް ރައީސް ހުންނަވަނީ އެކަމާ ހިނިފުޅުވަޑުވައިގެން. އެމަޖްލިސްތެރޭ އެބަތިއްބަވާ އެއްއަޑަކުން މިތާތެރޭގައި ދުވާ ބަނގުރާވަހުން ކެތްނުވެއޭ ކިޔާ ގޮވާ މެމްބަރުން. ރައީސް ދެއްވަނީ ބީރުކަންފަތެއް. މިއީ ދިވެހިރާއްޖޭގެ މަޖްލިސް ޙާލަތު އޮތްގޮތް. ޓީވީތަކު ޕްރޮގްރާމްތަކުން ފެންނާނެ މިކަލޭ ޚަބޭހަށް ބަނގުރާބޮއެގެން ހުންނަވައިގެން ދެއްކޭ ނުދެއްކޭ ވާހަކަ މިކަލޭގެއަށްނޭގޭތީ ޕްރެންޓަރ ގޮތްހުސްވެ ކުރާނެ ކަމެއް ނޭގިފައި ހުންނަމަންޡަރު. މިވަރުންވެސް ފުދޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: