ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުތައް ގެންނަން އަނެއްކާވެސް އިތުރު ތާރީޚެއް!

މާލިއްޔަތު ކޮމިޓީގައި ބިޑް ކޮމިޓީގެ މެމްބަރުންބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރިވެންޓިލޭޓަރުތައް ރާއްޖެ ގެނައުމަށް އިތުރު ތާރީޚެއް ހެލްތު މިނިސްޓްރީން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ތަސްލީމާ މޫސާ ވިދާޅުވީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރު މި މަހުގެ 30 ގައި ރާއްޖެ ފޮނުވާނެ ކަމަށް އެ ކުންފުންޏާ އެކު އެންމެ ފަހުން ކުރި މުއާމަލާތްތަކުގައި ބުނެފައިވާ ކަމަށެވެ.

ތަސްލީމާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދުބާޢީ ކުންފުންޏާއި މިހާރުވެސް މުޢާމަލާތް ކުރަމުން އަންނަ ކަމަށާއި އެހުރިހާ މުޢާމަލާތްތަކެއް މިނިސްޓްރީގައި އެބަހުރި ކަމަށެވެ.

ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏާ އެކު ކުރިން މުއާމަލާތް ކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރު އަހްމަދު އަސްލަމެވެ.

ދުބާޢީ ކުންފުނިން މިހާތަނަށް މިހާތަނަށް ރާއްޖެ ފޮނުވި 10 ވެންޓިލޭޓަރަކީ އެއްބަސްވުމާ އެއްގޮތަށް ސްޕެސިފިކޭޝަން ދިމާނުވާ އަދި ފަރުވާ އަށް ބޭނުންކުރަން ކަމުދާ ވެންޓިލޭޓަރުތަކެއް ނޫން ކަމަށް ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމަކުން ވަނީ ނިންމައިފައެވެ.

ތަސްލީމާ ވިދާޅުވީ ރާއްޖޭގެ މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރު ވަނީ ލިބިފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގެ އަނެއް ކުންފުނި ކަމަށްވާ ނާޑްއާ ހަވާލުކުރި 20 ވެންޓިލޭޓަރު އަދި ނުގެނެވޭ ކަމަށެވެ.

ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީން މާލިއްޔަތު ގަވައިދާ ޚިލާފުވުމުގެ އިތުރުން ދުބާއީގެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީން ބުނާ ވާހަކަ ދޮގުކޮށްފައިވެ އެވެ.

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ 34 މިލިއަން ރުފިޔާ އަށް ހަވާލުކުރީ ޖުމްލަ ފައިސާ ދައްކާތާ 29 ދުވަހުގެ ތެރޭގައި ގެނައުމަށެވެ. ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: