ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ޤައުމުތަކާއި ގުޅޭގޮތުން ފިތުނަ އުފެއްދުމަކީ ނުރައްކާތެރިކަމެއް: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް :- ފޮޓޯ_ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި ގުޅޭގޮތުން ފިތުނަ އުފެއްދުމަކީ ނުރައްކާތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ގެންދަނީ އިންޑިއާ އާއި ދެކޮޅު ކެންޕެއިން ސޯޝަލް މީޑީއާގައި ހިންގަމުންނެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.

މެންބަރު އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ބޭނުމަކަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި ގުޅޭގޮތުން ފިތުނަވެރި ވާހަކަތައް ފެތުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ޒަމާނުއްސުރެ އޮތް ގުޅުންތައް ފަސާދަ ކުރުމަކީ ޤައުމީ މަސްލަހަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

“ސިޔާސީ ބޭނުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ގުޅޭގޮތުން ފިތުނަވެރި ވާހަކަތައް ފަތުރާ، އެގައުމުތަކާއި ރާއްޖޭއާ ޒަމާނުއްސުރެ އޮންނަ ގުޅުން ފަސާދަ ކުރުމަކީ ގައުމުގެ މަސްލަހަތަށް ގެއްލުންހުރި ނުރައްކާތެރި ކަމެއް” އަސްލަމް

 

އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް އަޑު އުފުލަމުން އަންނަނީ ރާއްޖޭގައި އިންޑިއާގެ ސިފައިން ހަރަކާތްތެރިވަމުން އަންނާތީއެވެ. އެގޮތުން އިންޑިއާ އިން ހަދިޔާކުރާ ޑޯނިއާ ފުލައިޓް އޮޕަރޭޓް ކުރުމަށް އިންޑިއާ ސިފައިން ހަނިމާދޫގައި ތިބުމާއި ދެ ހެލްކޮޕްޓަރެއް އޮޕަރޭޓް ކުރަން ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ތިބުން ހިމެނެއެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ގައުމެއްގެ ސިފައިން ބައިތިއްބުމަށް ރޭވިފައިވާކަން ނޫނީ ރާވަމުން ދާކަން ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއިން ނަގާފައިވާ ލޯނުތަކުގެ ތަފްސީލް ހާމަކޮށްދޭން އެދި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވިއެވެ.

އެ ސިޓީގައި ވަނީ އިންޑިއާ އިން ބޮޑެތި އަދަދުތަކުން ލޯނު ހޯދަމުންދާ މައްސަލައިގައި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: