ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސެއިން އަކީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހުސައިން މުހައްމަދު އާއެކު--
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭގެ ވަގުތެއްގައި އަވަހާރަވި މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދަކީ ދަތި އުނދަގޫ ވަގުތުތަކުގައި ހެޔޮލަފާ ދެއްވި އެކުވެރިއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުސެއިން އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސެއިން އަވަހާރަވި ޙަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށާއި ޙުސެން އަކީ ޤައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އެމަނިކުފާނުގެ ގާތް ރަޙުމަތްތެރިއެއް ކަމަށެވެ.

”ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް. މަރުޙޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަންދެއްވާށި“ ރައީސްގެ ޓްވީޓްގައި ވެއެވެ.

އުމުރުފުޅުން 71 އަހަރުގެ ހުސެއިން އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ވަގުތެެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގެ އިތުރުން ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ވެސް ހުސެއިން މަސައްކަތް ކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: