ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭގެ ޑެޕިއުޓީ ގަވަނަރު ކަމަށް އިމާދު ގެންނަން ފެނޭތޯ މިއަދު ބަލާނެ!

އައު ގަވަރުނަރު އަލީ ހާޝިމްއާއެކު އިމާދު މަޖިލީހުގެ ކޮމިޓީއެއްގައި.. ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްއޭގެ ޑެޕިއުޓީ ގަވަނަރު ކަމަށް، އަހުމަދު އިމާދު އައްޔަން ކުރައްވަން ފެނޭތޯ މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާނެއެވެ.

ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރިން މިއަދު 02:00 ގައި ބާއްވާ ޖަލްސާގައި ނިންމަން އެޖެންޑާގައިވާ ކަންތައްތަކުގެތެރޭގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ނިންމެވި ގޮތާއިމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުން ހިމެނެއެވެ.

އިމާދަކީ އެ އޮތޯރިޓީގެ އެސިސްޓަންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި ބޭފުޅާއެވެ. އޭނާ މަރުކަޒީ ބޭންކުގައި މަސައްކަތް ކުރައްވާތާ 20 އަހަރު ވެއްޖެއެވެ. އޭނާއަށް ރުހުން ދޭން އިގްތިސޯދީ ކޮމިޓީންވަނީ ނިންމާފައެވެ. އިމާދުގެ ނަން ދިރާސާކޮށް އިގްތިސޯދީ ކޮމެޓީން ފާސްކުރީ ހާޒިރުވެވަޑައިގެން ތިއްބެވި ކޮމެޓީ މެންބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްއޭއަށް ޑެޕިއުޓީ ގަވަރުނަރެއް ހަމަޖައްސަން މިޖެހުނީ 31 އަހަރު އެމްއެމްއޭ އަށް ހިދުމަތް ކުރެއްވުމަށްފަހު ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އާއިޝަތު ޒާހިރާ ރިޓަޔާ ކުރެއްވުމުންނެވެ. ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވީ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހުއެވެ. އެމްއެމްއޭގެ ގާނޫނު ބުނާގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވޭނީ ގިނަވެގެން ދެ ދައުރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: