އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިކަން ބޭނުންވާ އާއިލާތަކުގެ ތެރެއިން ގދ. ހޯޑެއްދޫ އާއި މަޑަވެލީގެ ބައެއް އާއިލާތަކަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް އިން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވި ގޮތުގައި އެހީތެރިކަން ބޭނުންވާ އާއިލާތަކުގެ ތެރެއިން 2 އާއިލާއަކަށް ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށާއި މީގެ އިތުރުވެސް އެކި އެހީ އެ މިނިސްޓްރީން ފޯރު ކޮށްދެމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެރަށުގެ ރައްޔިތުންނަށް އެހީ ތެރިކަން ފޯރު ކޮއްދެމުންދަނީ ކައުންސިލް ތަކާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތައް ބެލުމައް ފަހުގައެވެ.
ކޮވިޑް 19 އަށް މިއަދާއި ހަމައަށް 38 މީހަކު ހޯނޑެއްދޫއިން ޕޮޒްޓިވްވެފައި ވެއެވެ.

