ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިލް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވެއްޖެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޮޅިގެން ޓްވީޓެއް ކުރެވިއްޖެއެވެ.
މިއަދު މެންދުރު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މައިމޫނާގެ ލޮބުވެތި މަންމަ ނިޔާވި ހަބަރު އެހީ ފުން ހިތާމަޔާއެކުގައި ކަމަށާއި މިފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައި މައިމޫނާއަށާއި، އާއިލާއަށް ލިބިވަޑައިގެންނެވި ހިތާމައަށް އިހްލާސްތެރި ތައުޒިޔާ ދަންވާ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ތަސްލީމާ އުސްމާން ބައެއް މީޑިއާތަކަށް ވިދާޅުވީ އެއީ ދޮގު ހަބަރެއް ކަމަށެވެ.
ރައީސް ނަޝީދު ވަނީ ފަހުން އެ ޓްވީޓް ޑިލިޓް ކުރައްވާފައެވެ.


One Response
ބޮލު ރޮދި ކެނޑިފަ ދެއްތޯ.