ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ މަޤާމަށް ބޭފުޅަކު ހޯދަން އިޢުލާނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ މަޤާމަށް ބޭފުޅަކު ހޯދަން އިޢުލާނުކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނެއްގައި މިނިސްޓްރީ އޮފް ހެލްތްގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ މަޤާމަށް ޝަޢުގުވެރިވާ ފަރާތްތަކައް ކުރިމަތި ލުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

މުސާރައެއްގެ ގޮތުގައި މަހަކު 13890 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 2000 ރުފިޔާ ކަނޑައަޅާފައިވާއިރު، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު 3889.20 ރުފިޔާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު 4861.50 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް ލިބޭނެކަމަށާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: