ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔައުގޫބުގެ ގޮނޑި ގެއްލިއްޖެކަމަށް ބުނެ، އިދިކޮޅުން ސުޕްރީމް ކޯޓަށް!

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލަށް މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އައްޔަން ކުރެއްވުމުން އޭނާގެ މަޖިލީހުގެ ގޮނޑި ގެއްލިއްޖެކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދާނެ ކަމަށް އިދިކޮޅު ޕީޕިއެމް/ޕިއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޔައުގޫބުގެ މެމްބަރުކަމާއި މެދު ސުވާލު އުފެދުނީ ޗާޓަޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި އެކުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެ މައްސަލާގައި އޭނާ އަށް ލަފާ އެރުއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުންނެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް، މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާާމް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވަން ނިންމާފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވެސް ވިދާޅުވީ ޝަރުއީ ދާއިރާގެ ތެރެއަށް މި ސަރުކާރުގެ އިސް ބޭފުޅުންގެ ނުފޫޒު ވައްދާފައި އޮތް ނަމަވެސް ކޯލިޝަންގެ ޒިންމާ އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ނަންގަވާނެ ކަމަށެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހެއް އަދި 8 ގައި ބުނާ ސަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން އެ މެންބަރު މެންބަރުކަމުން ވަކި ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޢަވަސްކުރަންވީ އެމްޑީޕީ އަކީ ޢެކަމެއެެއްގެ ޢެންމެ ސައްހަ ގޮތް ބޭނުންވާ ޕާޓީ ކަމައްވާއިރު ތިކުގައި ސުޕަރީމް ނިނަމުމަކީ އެންޑިޕީ އެދޭގޮތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: