ގދ. ހޯނޑެއްދޫން ކޮވިޑް-19 އަށް ފައްސި މީހުންގެ ތެރެއިން 27 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މިހާރު ހޯޑެއްދޫގައި، ފަރުވާ ދެމުން އަންނަނީ 17 މީހަކަށް ކަމަށާއި ޖުމްލަ މިހާތަނަށް 27 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
ހޯނޑެއްދޫން އިން މިބަލި އެންމެ ފުރަތަމަ ފެނިިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒްޓިވްވެފައި ވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެ ދުވަހު އެމީހުންނާއި ގުޅުން ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން ނެގި ސާމްޕަލް ވަނީ ފޮޒްޓިވްވެފައެވެ.
ހޯނޑެއްދުއަކީ މާލެ ސަރަހައްދު ފިޔަވައި އެއް ރަށަކުން އެންމެ ގިނަ ކޭސް ފެނުނު ރަށެވެ. އެގޮތުން އެ ރަށުގެ 6 ގެޔަކުންވަނީ ބަލި ފެނިފައެވެ.
ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 9،568 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 8،077 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލި ޖެހިގެން 33 މީހަކު ވަނީ މަރުވެފައެވެ.

